ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގްރީން ޓެކްސް އަދި އެއާއިގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި ޙުކުމްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
އެފަރާތުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ $175,324 (އެއް ލައްކަ ހަތްދިހަ ފަސް ހާސް ތިން ސަތޭކަ ސައުވީސް ޑޮލަރު)، 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.