އިޓަލީ އަދި ސްޕެއިންގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ…

2018  ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް، ރޭ ސްޕެއިން އާއި އިޓަލީ ބައްދަލުކުރި ކޮލިފިކޭޝަން މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އިޓަލީ އަދި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިޓަލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް ވަނީ ލިބިގެންގޮސްފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީކަމަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

އެހެން ނަމަވެސް  މެޗުގެ ފަހު ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 55 ވަނަ މިނެޓްގައި ސްޕެއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިޓޯލޯ އެވެ.

މި ގޯލް ޖެހިތާ ކުޑައިރުކޮޅެއްފަހުން ވެސް ސްޕެއިންއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ.

އިޓަލީން ނަތީޖާ އެއްވަރުކުރި ގޯލް ޖަހާފައިވަނީ މެޗުގެ 82 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޑިރޮސީއެވެ.

މި ނަތީޖާއާއެކު ސްޕެއިން އޮތީ ހަތަރު ޕޮއިންޓާއެކީ ގްރޫޕް ޖީގެ ދެވަނައިގައެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް އިޓަލީއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ސްޕެއިންއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގެ އެއްވަނައިގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ލިބުނު ހަ ޕޮއިންޓާއެކީ އޮތީ އަލްބޭނިއާއެވެ.

ކޮލިފިކޭޝަންގައި ސްޕެއިން ދެން ބައްދަލުކުރާނީ ގުރޫޕުގެ އެއްވަނާގައި އޮތް އަލްބޭނިއާއާއެވެ. އިޓަލީ ބައްދަލުކުރާނީ މެސެޑޯނިއާއާއެވެ.

ރޭގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު :

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.