ނަފްސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ.ކާށިދޫގައި އާއިލީ ހަވީރެއް ބާއްވައިފި

ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.

ވިލުންތެރި އާޢިލީ މަހާސަމާގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަވީރަކީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ކާށިދޫ ކައުންސިލާއި ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ، މި މަހާސަމާއަށް ވަޑައިގެން އެކި ސްޓޯލްތައް ބައްލަވާލައްވާފައެވެ. މި ހަވީރު ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސިއްޙީ ވަޒީރު ޤީލާ އަލީ ވަނީ، ނަފްސާނީ ސިއްޙަތަކީ ގިނަ އަދަދެއްގެ ބަޔަކު، ކޮންމެވެސް ގޮތަކަށް އެ ބައްޔަށް ހުށަހެޅި ތަހައްމަލު ކުރާ ބައްޔެއް ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މިފަދަ ހަވީރެއްގެ ސަބަބުން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ނެރެވިދާނެ ކަމަށެވެ.

”އުންމީދު ކުރަނީ މިފަދަ ހަރަކާތްތައް ގިނައިން ބާއްވާ ގިނަ ފަރާތްތަކަށް ނަފްސާނީ ސިއްޙަތުގެ މަޢުލޫމާތު ދީ، އަޅާލުން ބޭނުންވާ މީހުންނަަށް އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަށް ހޭލުންތެރިކުރުވުން. އަޅުގަނޑުމެންގެ ތެރޭގައި މި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ މިފަދަ ބަލިކަމެއް ތަޙައްމަލު ކުރާ ކޮންމެ ފަރާތަކަށްވެސް އެމީހަކަށް ބޭނުންވާ އެހީތެެރިކަން ފޯރުކޮށްދެވޭނެ މީހަކު ކައިރީގައި ހުންނާނެކަމަށް އުންމީދު ކުރަން.“ ސިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާޢިލާތަކުން ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ. މި ހަވީރު ކުރިއަަށް ގެންގޮސްފައިވަނީި، ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ތަފާތު ސްޓޯލްތަކަކާއެކުގައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްސަކޮށް މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި މަޢުލޫމާތުތައް އެކި ސްޓޯލްތަކުން ފޯރުކޮށްދީފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު ރަސްމީކޮށް މި ދުވަސް ފާހަގަކުރަނީ، ކ.ކާށިދޫގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.