ރިޔާދު އެއާޕޯޓަށް ހޫޘީން ދިން ހަމަލާއެއްގައި ސަޢޫދީގެ ތިން މީހަކު މަރުވެއްޖެ

ޔަމަނުގައި ތިބި ހޫޘީންނާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އޮވެ ފެށި އަސްކަރީ ވަރުގަދަ ހަރަކާތްތަކަށްފަހު، އެ ޤައުމަށް އަމާޒުވި ހަމަލާއެއްގައި ސަޢުދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މި ހަމަލާގެ ޒިންމާ ޔަމަނުގެ ހޫޘީން ވަނީ އުފުލާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބުރާސްފަތި ދުވަހުގެ ރޭ ދިން މި ހަމަލާއަކީ، އީރާނުގެ މަދަދުލިބޭ ހޫޘީންނާ ދެކޮޅަށް ސަޢޫދީ އިއްތިހާދުން މިދިޔަ ހަފުތާ ބަންދުގައި ފެށި އަސްކަރީ އޮޕަރޭޝަނަށްފަހު ދެވުނު އެންމެ ގެއްލުންބޮޑު ހަމަލާ އެވެ.

މިއީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ތެލުގެ ބާޒާރަށް އޭގެ ނުތަނަވަސްކަން ފޯރާފައިވާ ދަނޑިވަޅެއްގައި ދެވުނު ނުރައްކާތެރި ހަމަލާއެކެވެ.

ސަޢޫދީ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދިން ފުރަތަމަ ހަމަލާ އަމާޒުވީ އެއާޕޯޓުގެ ވަސީލަތްތަކަށެވެ. އަދި ދެވަނަ ހަމަލާ އަމާޒުވީ އެއާޕޯޓުގައި އޮތް ބޯޓުތަކަށެވެ.

ހޫޘީން ބުނެފައިވާ ގޮތުގައި އެއާޕޯޓަށް ހަމަލާދީފައިވަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީ އެއާލައިންގެ ކެޕްޓަން ހަމޫދު އަލީ އަލްޤަލްޘާމީ ހިމެނޭ ކަމަށް އެ އެއާލައިނުން ކަށަވަރުކޮށްދެ އެވެ.

މިއީ އާ އޮޕަރޭޝަން ފެށިފަހުން ސަޢޫދީގެ ޤައުމީ އެއާލައިނަށް އަމާޒުވި ފުރަތަމަ ހަމަލާ އެވެ.

ސަޢޫދިއާ ގްރޫޕުން ބުނި ގޮތުގައި ހަމަލާގެ ސަބަބުން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ވަގުތު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތެވެ.

އޭވިއޭޝަން ދާއިރާގެ ބަޔާނުގައިވާ ގޮތުން، މި ހަމަލާގައި ސަޢޫދީ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ނަމަވެސް ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް ސަޢޫދިއާ ގްރޫޕުން ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން ސަޢޫދީ އިއްތިހާދުން ވަނީ، ސަރަހައްދީ ސަލާމަތަށް ނުރައްކާކުރުމަށް ހޫޘީން ބޭނުންކުރާ ތިން ރޮކެޓް ލޯންޗަރެއް ހަލާކުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސަޢޫދީން އެ ޤައުމުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭތީ، ބަދަލުހިފުމުގެ ގޮތުން ސަޢޫދީއަށް ހަމަލާދޭނެ ކަމަށް ހޫޘީން ދަނީ ބުނަމުންނެވެ.

އަނެއްކޮޅުން ސަޢޫދީން ބުނަނީ އެ ޤައުމުން އެހީތެރިވަނީ އދ. އިން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުން، ހޫޘީންގެ އަތްދަށުގައިވާ ސަރަހައްދުތައް މިނިވަންކުރުމަށް ކުރާ މަސައްކަތަށް ކަމަށެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހޫޘީން ވަނީ ޔަމަނުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ބާރުގަދަކޮށް، ތާއިޒް ސިޓީއާ ގާތަށް ޖެހިލާފަ އެވެ.

މިނިވަން މުހައްލިލުން ބުނާ ގޮތުގައި ހޫޘީން ތާއިޒް ހިފުމުގެ ބިރު ބޮޑުވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ދަނީ މުހިންމު ބަނދަރު ރަށް ކަމަށްވާ އަދަންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފަހަތަށް ޖެހެމުންނެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ ބޮޑު ބައްދަލުވުމެއް ކަމަށްވާ ’ޑަބްލިޔު.ޕީ.ސީ އެނާޖީ ކޮންގްރެސް‘ މި ހަފުތާގައި ރިޔާދުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.