އިންގްލޭންޑް ޓީމުން ސްޓާލިން ބާކީކުރީ އަނިޔާގެ ސަބަބުން: ސައުތްގޭޓް

ވޯލްޑްކަޕް ކޮލިފިކޭޝަންގައި އިންގްލޭންޑްގެ ގައުމީ ޓީމުން، މި މަހު ކުޅޭ ދެ މެޗަށް ނެގި ސްކޮޑުން، ރަހީމް ސްޓާލިން ބާކީކުރީ އަނިޔާގެ ސަބަބުންކަމަށް އިނގިރޭސި ގައުމީޓީމާ މިވަގުތު ހަވާލުވެ ހުރި ސައުތްގޭޓް ބުނެފިއެވެ.

މިވަގުތު ލީގު ތާވަލްގެވެސް އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ސްޓާލިން، ސްކޮޑުން ބާކީކުރީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންކަމަށް ސައުތްގޭޓް ބުނިނަމަވެސް މިއީ މާބޮޑު އަނިޔާއެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތަށް ބުނާގޮތުން ސިޓީން ދެން ކުޅޭ މެޗުގައި އޭނާ ކުޅޭނެއެވެ.

އިޝްތިހާރު Below Header ad

އަނިޔާގެ ސަބަބުން ސްޓާލިން ބާކީ ކުރިއިރު އޭނާގެ ބަދަލުގައި އިންގްލޭންޑް ގައުމީޓީމަށް ނަގާފައިވަނީ، ކްރިސްޓަލް ޕެލެސްއަށް ކުޅެމުން އަންނަ އެންޑްރޮސް ޓައުންސެންޑެވެ.

މިވަގުތު ރަނަގޅު ފޯމެއްގައި ހުރި ޓައުންސެންޑް ލީގުގައިވެސް ރަނަގޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ އިންގްލޭންޑް ގައުމީޓީމަށް މީގެ ކުރިން ކުޅެފައެވެ. އެގޮތުން ގައުމީޓީމަށް މިހާތަނަށް އޭނާ ވަނީ 11 މެޗު ކުޅެދީފައެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މި މަހުގެ 8 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ މޯލްޓާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މިމަހު 11 ވަނަ ދުވަހު ނިކުންނާނީ ސްލޮވީނިއާ ދެކޮޅަށެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި އިންގްލޭންޑުން ބައްދަލުކޮށްފައިވަނީ ސްލޮވާކިއާއެވެ. މިމެޗު އެޓީމުންވަނީ  0-1 ގެ ނަތީޖާއިން މޮޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.