ވޯލްޑް ކަޕްގެ ޖާގަ 48 ޓީމަށް އިތުރުކުރަނީ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ “ވޯލްޑް ކަޕް”ގައި ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް މުބާރާތުގެ ގަވައިދު ބަދަލުކުރަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޖިއަނީ އިންފަންޓިނޯ ހުށަހަޅުއްވައިފިއެވެ.

ފީފާގެ ރައީސް ޖިއަނީ އިންފަންޓިނޯ ވިދާޅުވީ އޭނާގެ މި ހުށަހެޅުމުގައި ވާގޮތުން ފީފާ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ ނަމަ އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ގެ މެޗުތަށް ކުޅުމުގެ ކުރީން 16 ޓީމެއް ކަޓާގޮތަށް ނޮކައުޓް ބުރެއް ކުޅެވޭނެ އެވެ. މި ނޮކްއައުޓް ބުރު ނިމި ގްރޫޕް ސްޓޭޖަށް ޓީމުތަށް ދަތުރު ކުރާއިރު ފައިނަލް ބުރަށް ދާއިރު އޮންނާނީ މިހާރެކޭ އެއްގޮތަށް 32 ޓީމުކަމަށެވެ. އެއީ ވަކި އުސޫލެއްގެ މަތިން ސީޑްކުރެވޭ 16 ޓީމެއް މުބާރާތަށް އަލްވަދާއުކިޔުމަށް ފަހުގައެވެ.

އިޝްތިހާރު Below Header ad

” މިގޮތަށް ކުރިޔަށް ދިޔަނަމަވެސް މުބާރާތުގައި ފައިނަލް ބުރުގައި ވާދަކުރާނީ މިހާރުވެސް އޮތްގޮތަށް 32 ޓީމު” އިންފަންޓީނޯ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ފީފާ ވޯލްޑް ކަޕަށް ގެންނަޏް އޭނާގެ މިހާރު އެހުށައެޅި ހުށަހެޅުމާ މެދު ވަކިގޮތެއް ނިންމާނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ފީފާއިން ބާއްވާ އެއިދާރާގހެ ކައުންސިލް ބައްދަލުވުމުގައި ކަމަށާއި އެދުވަހު މިކަން ނިމޭނެ ވަކި ގޮތެއް ނިމިގެންދާނެކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ މިކަން ކާމިޔާބުވެއްޖެ ނަމަ މި މުބާރާތުގައި ވާދަކުރުމަށް ގިނަ ގައުމުތަކަކަށް ފުރުސަތު ލިބުމުގެ އިތުރުން މުބާރާތުގެ ފީރިވެސް ގަދަވެގެންދާނެކަމަށެވެ.

އިންފަންޓީނޯގެ މި ހުށައެޅުމަކީ އޭނާ ފީފާގެ ރައީސްކަމަށް ކެމްޕޭނު ކުރެއްވިއިރު ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

އެގޮތުން ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި އޭނާ ވިދާޅުވެފައި ވަނީ ފީފާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންފިނަމަ 40 ޓީމަށް ވޯލްޑް ކަޕްގެ ޖާގަ އިތުރުކުރަށްވާނޭ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރިޔަށް އޮތްތަނުގައިވެސް ގިނަމަސައްކަތްތަކެއް މިހާރުވެސް ރޭވިފައިވާކަމަށެވެ.

އެގޮތުން އިންފަންޓީނޯ ވިދާޅުވީ ފީފާގެ ވިސްނުމަކީ މުޅި ދުނިޔޭގައި ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެރުވުން ކަމަށާއި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ހަމައެކަނި ކުޅިވަރު މުބާރާތެއް ނޫންކަމަށެވެ. އަދި އެއީ މުޅި ދުނިޔެ އޭގައި ޝާމިލްވާ އިޖްތިމާއީ ބޮޑު ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.