ފަހުވަގުތު ލޯރެންޓް ކޮޝެލްނީގެ ލަނޑުން އާސެނަލް މޮޅުވެއްޖެ.

ފަހުވަގުތު ކާމިޔާބުކުރި ލަނޑުން ބާންލީގެ މައްޗަށް އާސެނަލް ކުރި ހޯދައިފިއެވެ.

ބާންލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ، ފުރަތަމަ ހާފްގައި ގޯލެއް ފެނިގެންނުދިޔަ ނަމަވެސް، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ.

އިޝްތިހާރު Below Header ad

މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ ދެޓީމުންވެސް ނަތީޖާ ނެރެން ގިނަ މަސައްކަތް ތަކެއް ކުރަމުން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓްގައި އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ދެވަނަ ހާފްގައި ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތުތަކެއް ބާންލިންއަށް ވެސް ވަނީ ލިބި ބޭކާރުބެގެން ގޮސްފައެވެ.  ގުޑްމިންސަން ފޮނުވާލި ހަމަލާ، އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކް ދިފާއުކުރިއިރު ކީން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އާސެނަލް އެޓީމުން ތިންޕޮއިންޓް ކަޝަވަރުކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގައި ދެއްކި 3 މިނެޓޫގެ ތެރެއިން އެންމެ ފަހުމިނެޓުގައެވެ. މި ލަނޑާ އެކު މެޗުގެ ކުޅުން ނިމިގެން ދިޔައިރު މި ލަނޑު އާސެނަލް އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން ލޯރެންޓް ކޮޝެލްނީއެވެ.

ރޭގެ މި މޮޅާއެކީ އާސެނަލްއިން ވަނީ ލީގުގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ.

ރޭގެ މޮޅާއެކީ އާސެނަލް ލީގުގެ ތިންވަނައިގައި އޮތީ، 16 ޕޮއިންޓާއެކީގައެވެ. 17 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައި ޓޮޓެންހަމް އޮތްއިރު، ލީގުގެ އެއްވަނައިގައި 18 ޕޮއިންޓާއެކީ އޮތީ، މެންޗެސްޓަރ ސިޓީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.