ސެލަޓަވީގޯ އަތުން ބަލިވެ ބާސެލޯނާ ލީގުގެ ހަތަރުވަނައަށް ވެއްޓިއްޖެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ ބަލިވެއްޖެއެވެ.

ބާސާ ރޭ ބަލިވީ ސެލްޓަވީގޯ އާއި ބައްދަލުކުރި މެޗުން 3-4 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ސެލްޓަވީގޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު އެޓީމުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއޯނޭ ސިސްޓޯއެވެ. ސިސްޓޯ ލަނޑުޖަހާ ލީޑުނަގައިދިންތާ މާ ގިނައިރެއް ނުވެ އަސްޕަސް ވަނީ ސެލްޓަވީގޯ ގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްދީފައެވެ.

ސެލްޓަވީގޯއިން އެޓީމުގެ ތިންވަނަ ލަނޑުޖަހާ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 33 ވަނަ މިނެޓުގައި ބާސެލޯނާގެ ޖެރެމީ މެތީއު އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

ތިން ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ސެލްޓާއިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖެރާޑް ޕީކޭ ވަނީ ބާސާއަށް އެޓީމގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓްގައި ބާސާއަށް ލިބުނު ޕެނަލްޓީއަކުން  ނޭމާ ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރުމަށް ބާސާއިން މަސައްކަތްތަކެއް ކުރަމުންދަނިކޮށް މެޗުގެ 77 ވަނަ މިނެޓްގައި ޕަބްލޯ ހަނާންޑޭޒް ވަނީ ސެލްޓާގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 87 ވަނަ މިނެޓްގައި ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިން ޖެރާޑް ޕީކޭ އެވެ.

މި މެޗުން ސެލްޓަވީގޯ އަތުން ބާސެލޯނާ ބަލިވިއިރު މިއީ އެޓީމު ލީގުގައި ބަލިވި ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެޓީމު މީގެކުރިން ބަލިވެފައިވަނީ ލީގަށް އަލަށް މިފަހަރު ޕްރޮމޯޓްވި އަލަވޭސް އަތުންނެވެ.

ރޭގެ މި ބާސެލޯނާ ވަނީ 13 ޕޮއިންޓާ އެކު ލީގުގެ 4 ވަނަ އަށް ވެއްޓިފައެވެ. ރެއާލް އޮތީ 15 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. 15 ޕޮއިންޓާއެކީ އެތްލެޓިކޯ މެޑްރިޑް ލީގުގެ އެއްވަނައިގައި އޮތްއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.