ބައްސާމްއަށް އަލުން އަނބުރާ މަގާމު ދިނުމަށް ފީފާއިން އެފްއޭއެމް އަށް އަންގައިފި

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކޮށްފައިވަނީ ގަވައިދާއި ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އެ މަގާމުން އަލުން އަނބުރާ ދިނުމަށް އެފްއޭއެމްއަށް ފުޓްބޯޅައިގެ މައިއިދާރާ ފީފާއިން އަންގައިފިއެވެ.

ފީފާއިން އެފްއޭއެމްއަށަ މިގޮތަށް އަންގާފައިމިވަނީ ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގުއަށް ފޮނުއްވި ސިޓީއެއްގައެވެ.

އިޝްތިހާރު Below Header ad

ފީފާއިން ފޮނުވި މި ސިޓީގައި ބުނެފައިވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަމުން ބައްސާމް ވަކިކުރިއިރު އެކްސްކޯގެ ލަފައެއް ހޯދާފައިނުވާ ކަމަށެވެ.

އަދި އެއީ އެފްއޭއެމްގެ އަސާސީ ގަވާއިދާއި ހިލާފުކަމެއް ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އެ މަގާމު އަލުން އަނބުރާ ބައްސާމްއަށް ދިނުމަށަ އެ ސިޓީގައި ބުނެފައިވެއެވެ.

ފީފާގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރަކު ދާދިފަހުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކްސްކޯ އަލުން އިންތިހާބުކުރުމަށް ކޮންގްރެސްއެއް އަލުންބާއްވަން ވަނީ ޖެހިފައެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފިނަމަ، އިމެޖެންސީކޮމިޓީއެއްގެ ބެލުމުގެ ދަށުން އަލުން އިންތިހާބެއް ބާއްވަން ޖެހޭނެއެވެ.

އަދި އެފަދަ ކޮމެޓީއެއް ނެތްނަމަ، އިންތިހާބު ބާއްވަން ޖެހޭނީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ ބެލުމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.