ޔޫ.އޭ.އީ އާބެހޭ ފޮތުން ފާހަގަވި ބޮޑުފަސް ތުހުމަތެއް

ޖިންސީ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި، އިސްރާއީލުގެ ޓެކްނޮލޮޖީ އަދި ޓްރަމްޕްގެ ވާދަވެރިކަން: ކުޝްނަރާއި

’ޕްރިންސަސް އެންޑް ތީވްސް‘ ގެ ނަމުގައި އެމެރިކާގެ ލިޔުންތެރިއަކު ނެރުނު ފޮތުގައިވާ ގޮތުން، ޔޫ.އޭ.އީގެ ވެރިޔާ އޭނާގެ ބޭބެގެ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލްކުރި އެވެ. އަދި އޭނާ އިސްވެ ހުރެ ދިން ބޭސްފަރުވާއެއްގެ ސަބަބުން ބޭބެގެ ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ފޮތުގައި ބަޔާންކޮށްފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްވާ މެތިއު ކޯލް ލިޔެފައިވާ އައު ފޮތުގައިވާ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެނާގެ ދަރިފުޅުގެ ފިރިކަލުން އަދި މެދުއިރުމަތީގެ މަންދޫބު ޖެރެޑް ކުޝްނަރާ ސައުދީ އަރަބިއްޔާ އަދި ހާއްސަކޮށް ޔޫ.އޭ.އީގެ ސަރުކާރާ ދެމެދު އޮތީ ނުފޫޒުގަދަ އަދި ގާތް ގުޅުމެކެވެ.

މި ފޮތުގައި ހިމެނޭ އެންމެ ބޮޑު ތުހުމަތަކީ ސަޢޫދީ އަދި ޔޫ.އޭ.އީ ސަރުކާރުން ކުޝްނަރަށް ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ދީފައިވާ ކަމަށް ކުރާ ތުހުމަތެވެ.

މީގެ ތެރޭގައި ޔޫ.އޭ.އީގެ ހިލޭ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ’ވަޠަނީ އަލް އިމާރާތް ފައުންޑޭޝަން‘ މެދުވެރިކޮށް ފަސްޓް އަބޫދާބީ ބޭންކުގައި ބަހައްޓާފައިވާ 750 މިލިއަން ޑޮލަރު ހިމެނެއެވެ.

ބޭރުފުށުން މި ފައިސާއަކީ ޔޫ.އޭ.އީގެ އިޖުތިމާއީ ޕްރޮގްރާމްތަކަށް އެހީވުމަށް ދިން ފައިސާ ކަމަށް ދެއްކި ނަމަވެސް ހަގީގަތުގައި މި ފައިސާ ބޭނުންކޮށްފައިވަނީ ހަތިޔާރު ގަތުމަށާއި ސިއްރު އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ކަމަށް އެ ފޮތުގައި ބަޔާންކޮށްފައިވެ އެވެ.

މިހާރު ޔޫކްރެއިން އަދި މެދުއިރުމަތީގައި ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުޝްނަރު ވަނީ މި ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކުރައްވާފަ އެވެ.

ނަމަވެސް، ’ނިއުޔޯކް ޓައިމްސް‘ އިން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމުން، ކުޝްނަރާ ދެކޮޅަށް ކުރެވޭ މި ތުހުމަތުތައް ތަހުގީގު ކުރަން ޖެހޭނެ އެވެ.

މިދިޔަ މަހު ޝާއިއުކުރި ”ޕްރިންސަސް އެންޑް ތީވްސް: ޖެރެޑް ކުޝްނަރު އެންޑް މުހައްމަދު ބިން ޒައިދުސް ސީކްރެޓް ޕްލޮޓް ޓު ރިމޭކް ދަ މިޑްލް އީސްޓް“ މި ފޮތުގައި މެދުއިރުމަތީގެ ސިޔާސީ މަސްރަހާއި އެ ސަރަހައްދުގައި ހިނގާ ސިއްރު މުއާމަލާތްތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނެ އެވެ. އަދި ޔޫ.އޭ.އީގެ ވެރިކަންކުރާ އާލް ނަހްޔާން އާއިލާގެ ތެރޭގައި އޮންނަ އާދަކާދަތަކުގެ މައްޗަށްވެސް މި ފޮތުގައި އަލިއަޅުވާލާފައިވެ އެވެ.

މި ފޮތުގެ މުސައްނިފު ކޯލް މައުލޫމާތު ހޯދާފައިވަނީ ކާކުކަން ހާމަނުކުރާ މަސްދަރުތަކުން ކަމަށްވާތީ މި ހުރިހާ ވާހަކަތަކެއްގެ ސައްހަކަން މިނިވަންކަމާއެކު ކަށަވަރުކުރެވިފައެއް ނުވެ އެވެ.

މި ފޮތުގައިވާ ތުހުމަތުތަކާ ގުޅޭގޮތުން ޔޫ.އޭ.އީ ނުވަތަ ސަޢޫދީގެ ޝާހީ އާއިލާއިން އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ބިރުދެއްކުން

ކޯލް ތުހުމަތުކުރާ ގޮތުގައި، 1990 ގެ އަހަރުތަކުގައި ޔޫ.އޭ.އީގެ ރައީސް މުހައްމަދު ބިން ޒައިދު އާލް ނަހްޔާން ވަނީ ސޫރިޔާގެ ދެ މީހަކު މެދުވެރިކޮށް އޭނާގެ ބޭބެ އަދި އޭރުގެ ރައީސް ހަލީފާ ބިން ޒައިދު ޔޫރަޕްގެ ހޮޓަލެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފިލްމުކޮށްފަ އެވެ.

އޭގެ ފަހުން ރަޝިޔާގެ އެޖެންޓުން މެދުވެރިކޮށް އެ ވީޑިއޯ އެ ދެބޭފުޅުންގެ ބައްޕަ އަދި ޔޫ.އޭ.އީގެ ބާނީ ޒައިދު ބިން ސުލްޠާން އާލް ނަހްޔާނަށް ފޮނުއްވީ ހަލީފާ ބިން ޒައިދު ލަދުގަންނުވާލުމުގެ ބޭނުމުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.