ޢާޒާގެ އެޑިއުކޭޝަން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އާއި އޭނާގެ އަނބިކަނބަލުން ޝަހީދުކޮށްލައިފި

ޣާޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހަމާސްގެ އޮފިޝަލުންނަށް އަމާޒުކޮށް ކަމަށްބުނެ އިސްރާއީލުން ދެމުންދާ ސިލްސިލާ ހަމަލާތަކަކީ އެ ސަރަހައްދުގެ ދިރިއުޅުމުގެ ހުރިހާ ތަނބުތަކެއް ފުނޑުފުނޑުކޮށްލުމަށް ހިންގާ ނިޒާމީ ޖަރީމާއެކެވެ.

މެޑިކަލް މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި މި ހަފުތާގައި ހަމާސްގެ އޮފިޝަލުންނަށް އަމާޒުކޮށް ކަމަށްބުނެ އިސްރާއީލުން ދިން ހަމަލާތަކުގެ އެންމެ ފަހުގެ ޝިކާރައަކަށް ވެފައިވަނީ ފަލަސްތީނުގެ ތައުލީމީ ދާއިރާގެ އިސް އޮފިޝަލަކާއި އޭނާގެ އަނބިކަނބަލުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޣާޒާގެ އެޑިއުކޭޝަން މިނިސްޓްރީގެ އަންޑަސެކްރެޓަރީ ޚާލިދު އަބޫ ނަދާ އާއި އޭނާގެ އަނބިކަނބަލުން ޝަހީދުވީ ޣާޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަހްގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގަ އެވެ.

އަލްއަޤްޞާ ހޮސްޕިޓަލުގެ މެޑިކަލް ޓީމުތަކުން ބުނި ގޮތުގައި މި ހަމަލާގައި އިތުރު ހަ މީހަކު ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް އެވެ.

އަބޫ ނަދާ އަކީ ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރެއްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އެޕާޗޭ ހެލިކޮޕްޓަރުތަކުން އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އަބޫ ނަދާގެ އެޕާޓްމަންޓަށް ދެ މިސައިލް ފޮނުވާލާފައިވަނީ ފަތިސް ނަމާދު ވަގުތުގަ އެވެ.

މި ހަމަލާ ދިން އިރު އެ ސަރަހައްދަކީ ގެދޮރު ގެއްލިފައިވާ އާއިލާތަކުން ފޭލިގެ ޖަހައިގެން ދިރިއުޅެމުންދިޔަ ތޮއްޖެހިފައިވާ ސަރަހައްދެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ އަބޫ ނަދާ ޝަހީދުކޮށްލިކަން ކަށަވަރުކޮށްދީފަ އެވެ.

އެމީހުން ބުނި ގޮތުގައި އޭނާއަކީ ހަމާސްގެ އިގްތިސާދީ އަދި ތައުލީމީ ކަންކަމާ ހަވާލުވެހުރި އިސް ފަރާތެކެވެ.

މީގެއިތުރުން މިއީ ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށްގެން ހިންގާ ”ޓާގެޓެޑް އޮޕަރޭޝަން“ އެއްގެ ބައެއް ކަމަށާއި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ޖަމާއަތުގެ 80 އެއްހާ މެންބަރުން މަރާލާފައިވާނޭ ކަމަށްވެސް އެމީހުން ދައުވާކުރި އެވެ.

ނަމަވެސް އިސްރާއީލުގެ އޮފިޝަލުން އަބޫ ނަދާގެ އަސްކަރީ އެއްވެސް ދައުރެއް އޮތް ކަމަށް ފާހަގަކޮށްފައެއްނުވެ އެވެ.

އަބޫ ނަދާޝަހީދުކޮށްލާފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ހަމާސްގެ އެހެން އޮފިޝަލުންނަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާތަކަކަށް ފަހުގަ އެވެ.

ބުދަ ދުވަހުގެ ފަތިހު ޣާޒާގެ އުތުރު ސަރަހައްދުގެ އިންޓާނަލް ސެކިއުރިޓީ ޗީފް މުހައްމަދު އަބޫ އަލް-އައުފް ވަނީ އޭނާގެ އަނބިކަނބަލުންނާއި 13 އަދި 15 އަހަރުގެ ދެ އަންހެން ދަރިންނާ އެކު ޝަހީދުކޮށްލާފަ އެވެ.

އޭގެ ކުރީ ދުވަހު ގާޒާގެ އިންޓާނަލް ސެކިއުރިޓީ ޑައިރެކްޓަރު ނައީމް އަބޫ ނަހްލް ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.

ޣާޒާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާތަކަކީ އެ ސަރަހައްދުގައި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން ކުރާ މަސައްކަތެކެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު އަބޫ އަމްރާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ސިފައިން ސަލާމަތީ އަދި ފުލުހުންގެ އިސްވެރިންނަށް ސީދާ އަމާޒުކޮށްގެން ދޭ މި ހަމަލާތަކަކީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެކެވެ.

ޖެރޫސަލަމް ޕޯސްޓުން ރިޕޯޓްކުރި ގޮތުގައި އަބޫ ނަދާ ޝަހީދުކޮށްލުމަކީ ޣާޒާގައި ހަމާސްގެ ކޮންޓްރޯލް ނައްތާލުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ.

ހަމާސް އިން ވަނީ އަބޫ ނަދާ ޝަހީދުކޮށްލުން ކުށްވެރިކޮށް އެއީ އާންމުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއަށް އިތުރުވި އާ އަމަލެއް ކަމަށް ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.