އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ވޯޓުލާ މީހުންގެ ޒާތީ މަޢުލޫމާތުތަކެއް ހާމަވެއްޖެ

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ހުރި ސަލާމަތީ މައްސަލައެއްގެ ސަބަބުން ވޯޓުލާ މީހުންގެ ޒާތީ މަޢުލޫމާތުތަކެއް ހާމަވަމުންދިޔަ ދިއުން ރޮއިޓާސްއިން އެކަން ފާހަގަކޮށް އެންގުމާ ގުޅިގެން މިހާރު ހައްލުކޮށްފި އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަން (އީ.ސީ.އައި) ގެ ވެބްސައިޓުގައި ހުރި މި މައްސަލައިގެ ސަބަބުން ވޯޓުލާބައެއް  މީހުންގެ ސިއްރު ޒާތީ މަޢުލޫމާތުތަކާއި ލިޔެކިޔުންތަކަށް ވަދެވޭގޮތަށް އޮތްކަން ރޮއިޓާސްއަށް ފާހަގަވެ އެކަން އެ އިދާރާގެ ސަމާލުކަމަށް ގެނައުމުން މިހާރު ވަނީ ރަނގަޅުކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މައްސަލައަކީ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ބޮޑު ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުންބުނެ އެވެ.

މި ސަލާމަތީ މައްސަލަ ފެނިފައިވަނީ އިންޑިއާގެ ބޮޑެތި ސްޓޭޓްތަކެއްގެ އިންތިޚާބު ބޭއްވުމަށް މަދު މަސްތަކަކަށް ވެފައި ވަނިކޮށެވެ.

އޭގެ ތެރޭގައި އެންމެ އާބާދީ ބޮޑު އުއްތަރު ޕްރަދޭޝް ވެސްހިމެނެ އެވެ.

މީގެ އިތުރުން ވޯޓާ ލިސްޓު އިސްލާހުކުރުމަށް އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ މަސައްކަތާ މެދު އާންމުންގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު ޕާޓީތަކުންނާއި އެކްޓިވިސްޓުން ތުހުމަތުކުރާ ގޮތުގައި މި މަސައްކަތުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) އަށް ފައިދާވާނެހެން އެތައް މިލިއަން ބައެއްގެ ވޯޓުލުމުގެ ހައްގު ވަނީ ގެއްލިފަ އެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނަނީ ހުރިހާ ކަމެއް ކުރިއަށްދަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ބީ.ޖޭ.ޕީން ބުނާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އިންތިޚާބުން ނާކާމިޔާބުވުމުން ރައްޔިތުންނަށް އޮޅުވާލުމަށެވެ.

ރޮއިޓާސްއިން އެއް މަސްދުވަހަށް ވުރެ ގިނަ ދުވަހު މި ވެބްސައިޓް ދިރާސާކުރިއިރު ފާހަގަވީ، ވޯޓުލާ މީހަކު އެމީހެއްގެ އެކައުންޓަށް ވަދެ، ދާއިރާގެ އިލެކްޓޯރަލް އޮފިސަރާ ފޯނުން ވާހަކަދެއްކުމަށް އެދުމުން، ބްރައުޒާގެ ’ޑިވެލޮޕާ ޓޫލްސް‘ މެދުވެރިކޮށް، ވޯޓާ ލިސްޓުގައި ރަޖިސްޓަރީވުމަށް ނުވަތަ މަޢުލޫމާތު އިސްލާހުކުރުމަށް ހުށަހެޅި ފޯމުގެ ރިފަރެންސް ނަންބަރު ފެންނަން ހުންނަ ކަމެވެ.

އެ ރިފަރެންސް ނަންބަރު ބޭނުންކޮށްގެން ފޯނު ކޯލަށް އެދުމުން، އެ މީހެއްގެ ނަމާއި، ފޯނު ނަންބަރާއި، އީމެއިލް، އުފަން ތާރީޚު އަދި އެޑްރެހުގެ އިތުރުން، އައިޑީ ކާޑާއި ޕާސްޕޯޓު ފަދަ ހުށަހަޅާފައިވާ ލިޔެކިޔުންތައް ހުރި ތަންތަނުގެ ލިންކުތައް ވެސް ފެންނަންހުރެ އެވެ.

އިންޑިއާގެ ސައިބާ ސެކިއުރިޓީ ދިރާސާކުރާ ކަރަން ސައިނީ އާއި އިހްރާޒް އަހުމަދު ބުނި ގޮތުގައި މި މަޢުލޫމާތުތަކަކީ ވެބްސައިޓުގެ އާންމު ސްކްރީނުން ފެންނަން ހުންނަ މަޢުލޫމާތެއް ނޫނެވެ.

ނަމަވެސް މިއީ ވެބްސައިޓް ކޯޑުކުރުމުގައި ހުރި ބޮޑު އުނިކަމެއްގެ ސަބަބުން ދިމާވި ކަމެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެންމެ ބޮޑު ބިރަކީ މި ރިފަރެންސް ނަންބަރުތަކަކީ ތަރުތީބަކުން ހުންނަ ނަންބަރުތަކަކަށް ވުމުން، ހެކަރުންނަށް އެ ނަންބަރުތައް އަންދާޒާކޮށްގެން، އޮޓޮމޭޓެޑް ސިސްޓަމްތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ މީހުންގެ ޒާތީ މަޢުލޫމާތު އެއްފަހަރާ ވަގަށް ނެގުމުގެ ފުރުސަތު އޮތުމެވެ.

އާންމު ބޭނުންތެރިއަކު މިފަދަ ގޮތަކަށް މަޢުލޫމާތު ހޯދުމަކީ ނާދިރު ކަމެއް ނަމަވެސް، ކުށްވެރިންނަށް މިކަމުގެ ބޭނުން ހިފައި، ގިނަ އަދަދެއްގެ މަޢުލޫމާތު އެއްކޮށް، ނަހަމަ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް އެފަރާތްތަކުން އިންޒާރު ދިނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.