ޚަބަރު ފީތާ

ޒިމްބާބުވޭގެ މުފްތީ މޫސާ މެންކަށް އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވަން ހުއްދައެއް ނުދިން.

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒިމްބާބުވޭގެ މުފްތީ އިސްމާއިލް ބިން މޫސާ މެންކް އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމުގެ ހުއްދަ ދިނިމަށް އިސްލާމިކް އެފެއާޒުން ދެކޮޅުހަދައިފި އެވެ.

”އިލްމް ޓޯކް“ ގެ ނަމުގައި ބާއްވާ މި ޕްރޮގްރާމްގެ ދަށުން ދީނީ ފަތުވާ ދިނުމަށް މެންކުގެ އިތުރުން ދުނިޔޭގެ ގިނަ އިލްމުވެރިންތަކެއް މިހާރު ރާއްޖެ ގެނެސްފައިވާއިރު މި ޕްރޮގްރާމް އިންތިޒާމު ކޮށް ފައިވަނީ ޖަމިއްޔަތު ރަހުމާއިންނެވެ.

ޖަމިއްޔަތު ރަހުމާއިން މިކަމާ ގުޅިގެން ވާހަދައްކަމުން ބުނެފައިވަނީ އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އޮންނަ ހުކުރު ނަމާދުގައި ޚުތުބާ ދެއްވަން އިސްލާމިކް އެފެއާޒުން ހުއްދަ ނުދިން ކަމަށާއި ހުއްދަ ނުދިން ވަކި ސަބަބެއް އަންގާފައި ނުވާކަމަށެވެ.

ރާއްޖޭގެ މަސްހޫރު ދީނީ ޢިލްމުވެރިއާ މުފްތީ މެންކް އަށް އެކަމަކު އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވަން މިނިސްޓްރީން ދެކޮޅުހެދާފައިވާއިރު ޖަމިއްޔަތު ރަހުމާއިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން ”ޢިލްމް ޓޯކް“ ގެ ނަމުގައި ކުރިޔައްގެންދާ މި ޕްރޮގްރާމްގެ ދަށުން ދީނީ ދަރުސް ދިނުމަށް ރާއްޖެ އައިސްފައިވާ މެންކް  އިސްލާމީ މަރުކަޒުގައި ބާއްވާ މި ދަރުސްގައި ވާހަކަދައްކަވާނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކާ ގުޅޭ ގޮތުންނެވެ.

މެންކް މި ދަރުސް ދެއްވާނީ އިނގިރޭސި ބަހުންނެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރު އަލީ އަހުސަން ވިދާޅުވީ ހުތުބާގެ އިތުރުން އާންމު ދަރުހެއްވެސް މުފްތީ ދެއްވާނެ ކަމަށެވެ. ޚުތުބާ ދެއްވަން ހުއްދަ ދީފައިނުވިނަމަވެސް  އިސްލާމީ މަރުކަޒުގައި ދަރުސް ދެއްވަން މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށެވެ.

އަހުސަން ވިދާޅުވީ ހުކުރު ޚުތުބާ މަރުކަޒުގައި ދޭން މިނިސްޓްރީން ހުއްދަދީފައި ނުވިނަމަވެސް ފުރުގާން މިސްކިތުގައި އެކަން ކުރެވޭނެ ކަމަށް ސިޓީއަކުންސިލް މެދުވެރިކޮށް އެ ޖަމިއްޔާއަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އަދި ފުރުގާން މިސްކިތުގައި މެންކް ދޭ ޚުތުބާގެ ދިވެހި ތަރުޖަމާ ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން އަންނަ އަންގާރަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް ފޮނުވަން ޖެހެ އެވެ.

ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ އިސް ވެރިޔާ މެންކް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭ ގޮތުން ދަރުސް ދެއްވަމުން އަންނަ ބޭފުޅެކެވެ.

މުފްތީ މެންކް ވަނީ މިދިޔަ އަހަރުވެސް އިސްލާމިކް މިނިސްޓްރީން ކުރިޔައްގެންދިޔަ “ ދި މެސެޖް“ ޕްރޮގްރާމްގެ ދަށުން ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައެވެ.

 

Rate this post