މަސައްކަތް ކުރާނީ ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: ވަޒީރު އިޙުސާން

މަސައްކަތް ކުރައްވާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންގެ ތެރޭގައި އެމަނިކުފާނުވެސް ހިމެނިވަޑައިގަތުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވަޒީރުގެ ޕޯސްޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ”ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ“ މިނިސްޓަރުކަމަށް، އެމަނިކުފާނު އައްޔަން ކުރެއްވުން ބަލައިގަންނަނީ ނުހަނު ފަޚުރުވެރިކަމާއި އުފަލާއެކުގައިކަން ފާހަގަކުރައްވާފައެވެ.

މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަ ކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަމަށް ވަޒީރުގެ ޕޯސްޓުގައި ވެއެވެ.

‏އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަކަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ބިނާކުރަމާހިންގަވާ. ވަޒީރު

އިތުބާރުކުރައްވައި ހަވާލުކުރެއްވި މަތިވެރި މަސްއޫލިއްޔަތުތަކަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް މިއަދު ބަދަލުތަކެއް ގެންނަވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.