ލުބުނާނާއި އިސްރާއީލާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި

ލުބުނާނާއި އިސްރާއީލާ ދެމެދު ދާއިމީ ސަލާމަތީ އަދި ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި، 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި މި މުއްދަތަކީ ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެވުނު ފުރުސަތެކެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި އުފާފާޅުކުރުންތައް ވަނީ ބާއްވާފައެވެ. ނަމަވެސް، މިއީ ވަގުތީ އެއްބަސްވުމަކަށް ވާތީ، ގިނަ ބަޔަކު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ހިޒްބުالله އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ޖަމާއަތުން މި އެއްބަސްވުމަށް އަމަލުކުރާނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެގެން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ގޮތުގައި އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ މިހާރު ވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. އަދި މި ހަފުތާ ބަންދުގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު މަޝްވަރާތައް އަލުން ފެށިދާނެ ކަމަށްވެސް ޓްރަމްޕް ވަނީ އިޝާރާތް ކޮށްފައެވެ. އީރާނުގެ ފޮރިން މިިނިސްޓްރީން ވަނީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް ލިބުނު ޚަބަރަށް މަރުހަބާ ކިޔާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.