
އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއް ބަލަނީ!
އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފެންމަތިވެ އެކަން ބަލަން ފަށައިފި އެވެ.
މި މައްސަލަ ފެންމަތިވީ އެ ހާދިސާ ހިނގި ރަށުގެ މީހަކު އެ މަންޒަރު ފެންނަ ފޮޓޯތަކެއް ނަގާ އާންމުކުރުމުންނެވެ. އެ މީހާ ވަނީ ހުކުރަށް ދިޔަ މަގުމަތީ އެ މަންޒަރު ފެނުމުން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ފޮޓޯ ނަގާ ހިއްސާކުރީ ކަމަށް ބުނެފަ އެވެ.
ފުލުހުން ދެންމެ ބުނީ މިއީ އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ހިނގި ހާދިސާއެއް ކަމަށެވެ. އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި ބުނީ މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުން ކަމަށެވެ.



