ހަނދުމަ (4)

ޙައްޖު ވާޖިބުވަނީ ….

ޙައްޖު ވާޖިބުވެގެންވަނީ ޢުމުރުން އެއްފަހަރުއެވެ.

أبي هريرة رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. خَطَبَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ : ((يَا أَيُّهَا النَّاسُ قَدْ فَرَضَ اللهُ عَلَيْكُمْ الْحَجَّ فَحَجُّوا)) فَقَالَ رَجُلٌ “أَ فِي كُلِّ عَامٍ يَا رَسُولَ اللهِ.” فَسَكَتَ حَتَّى قَالَهَا ثَلَاثًا. فَقَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ :(( لَوْ قُلْتُ نَعَمْ لَوَجَبَتْ، وَمَا اسْتَطَعْتُمْ)) [رواه مسلم جزء3 ص 481] މާނައީ: ” رسول الله صلى الله عليه وسلم އަހަރެމެންނަށް خطبة ދެއްވަމުން حديث ކުރެއްވިއެވެ. “އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ޙައްޖު ފަރުޟުކުރައްވައިފިއެވެ. ތިޔަބައިމީހުން ޙައްޖުވާށެވެ.!” މީހަކު ބުންޏެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ޙައްޖުވާންވީ ކޮންމެ އަހަރަކު ހެއްޔެވެ؟” އެމީހާ ތިންފަހަރު އެހެން ވިދާޅުވަންދެން އެކަލޭގެފާނު ހަނުއިންނެވިއެވެ. ދެން އެކަލޭގެފާނު حديث ކުރެއްވިއެވެ. “އަހުރެން އާއެކޭ ވިދާޅުވިނަމަ (ކޮންމެ އަހަރަކު ޙައްޖުވުން) ވާޖިބުވީހެވެ. އަދި އެކަންކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެއެވެ.”
ހަށިގަނޑުގެ ގޮތުންނާއި މާލީގޮތުން ކުޅަދާނަވެގެންވާމީހާ، އަދި ޙައްޖުން އެނބުރި އަންނަންދެން އޭނާގެ އަހުލުންނަށް ހޭދަކުރެވޭނެ މިންވަރަށް މާލީ ކުޅަދާނަކަށް ހުރި މީހާ ޙައްޖަށް ދިޔުން ފަސްކުރުން ހުއްދަވެގެންނުވެއެވެ.

އިޝްތިހާރު Below Header ad

رسول الله صلى الله عليه وسلم  حديث ކުރައްވާފައިވެއެވެ. ((مَنْ كُسِرَ أَوْ مَرِضَ أَوْ عَرَجَ فَقَدْ حَلَّ وَعَلَيْهِ الْحَجُّ مِنْ قَابِلٍ)) [صحيح الجامع للألباني 6397 ] މާނައީ: “(ޙައްޖުގައިވަނިކޮށް) ތަނެއް ބިންދައިގެން ދިޔަމީހާ ނުވަތަ ބަލިވެއްޖެމީހާ ނުވަތަ ފަޔަށް ކަމެއްވެއްޖެމީހާ އެމީހާ ޙައްޖުން ނުކުތުން ހުއްދަވެގެންވީއެވެ. ދެން އެމީހާ ޖެހޭނީ ޖެހިގެން އަންނައަހަރު ޙައްޖު ކުރާށެވެ.” إمام الشوكاني رحمه الله  ވިދާޅުވިއެވެ. “ކުޅަދާނަކަން ލިބުމާއެކު ވަގުތުން ޙައްޖު ވާޖިބު ނުވާނަމަ، رسول الله صلى الله عليه وسلم ޖެހިގެން އަންނަ އަހަރު ޢައްޔަންނުކުރެއްވީހެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.