އޭޝިއާ ޕެސިފިކް ހައިލެވެލް މީޓިންގ އޮން ޗައިލްޑް ރައިޓްސްގައި ޖެންޑަރ މިނިސްޓަރ ބައިވެރިވެވަޑައިގެންފި

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި މިހާރު ކުރިއަށްދާ 3 ވަނަ އޭޝިއާ ޕެސިފިކް ހައިލެވެލް މީޓިންގ އޮން ޗައިލްޑް ރައިޓްސްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހޑު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

މިއީ އޭޝިއާ އާއި ޕެސިފިކް ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް) ޙާޞިލު ކުރުމަށް އެހީތެރިވުމަށާއި އެ ޤައުމުތައް އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ކުރިއެރުވުމަށްޓަކައި ކުޑަކުދިންނަށް ކުރާ އަނިޔާއާދެކޮޅަށް މަސައްކަތް ކުރުމާއި ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ އެންމެނަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ މަޤުޞަދުގައި ބާއްވާ ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ކުޑަކުދިންނާއި އަންހެނުންނާއި ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ބައިވެރިވެވަޑައިގެން، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގެ ގޮތުން ރަށުފެންވަރުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ) ތައް އުފެއްދުމުގައި ރާއްޖޭގެ ތަޖުރިބާ ވަނީ ޙިއްޞާ ކުރައްވާފައެވެ.

08-11-2016-3

މި މަހުގެ 5ން މާދަމާގެ ނިޔަލަށް ބާއްވާ މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީ އާއި އެންސްޕާރ އަދި އާސަންދަ ކޮމްޕެނީ ގުޅިގެން ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި ހިލޭ ބޭސްފަރުވާގެ ޚިދުމަތުގެ ނިޒާމާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރުމަށް މާކެޓް ބޫތެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އެކަމަނާގެ މި ދަތުރުގައި ސީނިއަރ އެޑްވައިޒަރ ޓު ދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު ޖަލީލާއި ޖެންޑަރ މިނިސްޓްރީ، އާސަންދަ ކޮމްޕެނީ އާއި އެންސްޕާރގެ އިސް-އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.

08-11-2016-1

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.