ކޮލިޓީ މިންގަނޑުތައް ކަށަވަރު ނުކޮށް “ތާޒާ” ބްރޭންޑް ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައި ނުވާނެ: އެމް.ޑަބްލިއު.އެސް.ސީ

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން އުފައްދާ “ތާޒާ” ބްރޭންޑްގެ ފެންފުޅީގެ ކޮންމެ ބެޗެއްވެސް ބާޒާރަށް ނެރެނީމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާއި އަދި ބައިނަލް އަޤްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑު ތަކަށް ފެތޭކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އެކުންފުނިން ބުނެފިއެވެ.

ދާދިފަހުން ފެން ކުންފުނިން އުފައްދާ ތާޒާ ފެންފުޅީގެ ކޮލިޓީއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ބެހޭގޮތުން އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމް.އެފް.ޑީ.އޭ އާއި އަދި ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭކަން ކަށަވަރު ނުކޮށް ތާޒާ ބްރޭންޑް ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައި ނުވާނެކަން ކަސްޓަމަރުންނަށް ޔަޤީން ކޮށްދޭ ކަމަށެވެ.

އިޝްތިހާރު Below Header ad

“ތާޒާ” ފެނަކީ އޭގެ ކޮލިޓީ ޔަޤީން ކުރުމުގެ ގޮތުން، ފުޅީގައި ފެން ބަންދުކުރުމުގެ މަރުޙަލާތަކުގައި ގަޑިއަކު އެއްފަހަރު
ހަދަންޖެހޭ އެންމެހައި ޓެސްޓެއްހަދައި، ފެން އުފެއްދުމަށްފަހު އިތުރު ތަޙްލީލުތައް ކުރުމަށްޓަކައި، މާކެޓަށް ނުނެރި 24ގަޑިއިރު
ބަހައްޓައި، ގިނަ ތަޙްލީލުތަކެއްކޮށް، ބައިނަލް އަޤްވާމީ ކަމާގުޅޭ، އެންމެ މަތީ މިންގަނޑުތަކުން ފެންވަރު ވަޒަންކޮށް މާކެޓަށް ނެރޭ
ފެނެއް ކަމަށް ވެސް އެފަރާތުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި ތާޒާ ފެން އުފައްދާ ކާރުޚާނާއަކީ އައި.އެސް.އޯ. 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސޓަމް، އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑަރޑް (ހެސަޕް)  22000:2018ސެޓިފައިޑު ކާރުޚާނާއެއް ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ.

ފެން ކުންފުނިން ނޫސްބަޔާން ނެރެފައި މިވަނީ އެކުންފުނިން އުފައްދާ ތާޒާ ފެނުގެ 1.5 ލީޓަރު އަދި 500 އެމްއެލް ގެ ފެން ފުޅިތައް ލެބް ޓެސްޓު ކުރިއިރު ފެނުން ބެކްޓީރިއާ ފެނިގެން ތާންގިތައް ބެލިއިރު ކާޅެއް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި،އަދި ބެކްޓީރިއާ ފެނިފައިވާ ފެން ކޭސްތައް ބާޒާރަށް ނެރެފައިވާ ކަމެއް ނުވަތަ ނޫންކަމެއް ޔަގީން ކުރެވިފައި ނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރެން ފެށުމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.