ވާރިސުން އެދުނު ގޮތަށް މަހްމޫދުގެ ގާތިލު، ސާލިމް މެރުމަށް ހުކުމްކޮށްފި

އދ. ދަނގެތީގައި ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގާ ވާރިސުން އެދުނު ގޮތަށް މަހްމޫދުގެ ގާތިލު، އަލޮމް މިއާ (ސާލިމް) މެރުމަށް ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން، ސާލިމް މެރުމަށް ހުކުމް ކުރީ މަހްމޫދުގެ ވާރިސުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނުމާއި ގުޅިގެންނެވެ.

އިޝްތިހާރު Below Header ad

މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އެ މައްސަލައިގާ ސާލިމް ވަނީ މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށެވެ. އަދި މަހްމޫދު މަރާލުމަށް ފަހު، އެ ރަށު ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލި ކަމަށެވެ.

މަޙްމޫދުގެ މަރުގެ މައްސަލާގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ސާލިމް ކުށަށް އިއުތިރާފްވެފައިވަނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ސާލިމް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއަށް އެއްބަސްވާކަމަށް ބުނެފައެވެ.

ޢުމުރުން 29 އަހަރުގެ ސާލިމްގެ މައްޗަށް، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.

ސާލިމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު 14 ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށާއި އޭނާގެ މައްޗަށް ކުށް ކުރިކަން ސާބިތުވާވަރަށް ހެކިލިބިފައިވާކަމަށެވެ.

މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ސާލިމް އުޅޭ ގޭގެތެތެރޭގައި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން އެގޭގެތެރޭގައި މަޙުމޫދުގެ ހަށިގަނޑު ބޭއްވިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މަޙުމޫދަށް ހަމަލާދިނުމުގެ ކުރިން ވައްކަމުގެ މައްސަލައެއްގައި ވެސް ސާލިމްގެ ބައިވެރިވުން އޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.