އެއާ ސީޝެލްސްއިން އިސްރާއީލާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށަނީ!

އިސްރާއީލާއި ރާއްޖެ އާއި ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

މި ދަތުރުތައް ކުރަނީ މިހާރު ރާއްޖެއަށް ދަތުރު ކުރާ އެއާލައިނެއް ކަމަށްވާ އެއާ ސީޝެލްސް އިންނެވެ. އެ އެއާލައިނުން މި ދަތުރުތައް ކުރަނީ އިސްރާއީލްގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ސެމިނޮސް ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ.

އިޝްތިހާރު Below Header ad

އެ ކުންފުނިން މިހާރު ވަނީ ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އިސްރާއީލްގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދަތުރުތައް ބޭއްވުމަށް އަދި ހަމަޖައްސާފައިވަނީ އެއް މަސް ދުވަހަށް ކޮންމެ ހަފްތާއަކު ހޯމަ ދުވަހު އެވެ.

އެ ދަތުރުތައް ތާވަލު ކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު ހަ ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. ދަތުރުތައް އިތުރު ކުރުމާއި މެދު ގޮތެއް ނިންމާނީ ޑިމާންޑަށް ބެލުމަށް ފަހު ކަމަށް ބުނެ އެވެ.

އިސްރާއިލާއި ރާއްޖެ އާއި ދެމެދު ކުރާ ދަތުރުގެ ޓިކެޓެއް ވިއްކަނީ 995 އެމެރިކާ ޑޮލަރަށެވެ. ސެމިނޮސް ކުންފުނިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ތަފާތު ޕެކޭޖުތައް ތައާރަފުކޮށްފައި އެވެ. އެގޮތުން 1،750 ޑޮލަރުން ފެށިގެން 2،750 ޑޮލަރާއި ދެމެދުގެ އަގުތަކެއްގެ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.

މީގެ ކުރިން އިސްރާއީލް ޓޫރިސްޓުން ރާއްޖެ އަންނަނީ ދުބާއީ މަގުން ނުވަތަ ސީޝެލްސްއަށް ދަތުރު ކުރުމަށް ފަހު އެވެ. އެކަމަކު އެއާ ސީޝެލްސްއިން ފަށާ މި ދަތުރުގައި ހަމައެކަނި މަޑު ކުރާނީ އެއް ގަޑިއިރު ސީޝެލްސްގައި އެވެ.

އިސްރާއީލުން މި ދަތުރު މާނަ ކުރަނީ ޑައިރެކްޓު ފްލައިޓުތައް ފެށުމުގެ ގޮތުގައި އެވެ. އަދި މިގޮތަށް ފްލައިޓުތައް ބާއްވަން މަސައްކަތް ކުރަނީ އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާތީ ކަމަށް ބުނެ އެވެ.

މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއީލްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރި އެވެ. އެކަމަކު އެކަން ނުވީ ދިވެހިން އެކަމަށް ދެކޮޅު ހަދައި ސަރުކާރާއި ދެކޮޅަށް ތެދުވުމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.