ޔޫރޯ 2020: ރައުންޑް އޮފް 16 އިން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް އިޓަލީ!
ޔޫރޯ 2020 ގައި އިޓަލީން މިރޭ ކުޅުނު މެޗު ވެސް ކާމިޔާބުކޮށް ދެވަނަ ބުރު ނުވަތަ ގަދަ 16 ޓީމުތަކުގެ ތެރޭގައި ފައި ހަމަކޮށްފި އެވެ.
އިޓަލީގެ ރޯމްގައި ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ 3-0 ލަނޑުން ނެވެ.
މެޗުގެ 28 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގައިދިނީ ޑޮމެނިކޯ ބެރާޑީ ދިން ބޯޅައަކުން މަނުއެލް ލޮކަޓެލީ އެވެ.
ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކުރަމުން ދިޔަ އިޓަލީން 52 ވަނަ މިނެޓުގައި ލޮކަޓެލީ ޖެހި ދެވަނަ ގޯލާއެކު އިޓަލީ ލީޑު ފުޅާކުރި އެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި އިމޯބިލޭ ވަނީ އިޓަލީގެ 3 ވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކޮށް، ގަދަ 16 ޓީމުގެ ގްރޫޕަށް ދިޔަ ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިދީފަ އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުތައް:
18:00 ޔޫކްރެއިން – ނޯތު މެސަޑޯނިއާ
21:00 ޑެންމާކް – ބެލްޖިއަމް
00:00 ނެދަލޭންޑްސް – އޮސްޓްރިއާ