އިންޑިއާއިން އެޅި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ކަޝްމީރަށް ބޮޑު ގެއްލުމެއް

ފަހަލްގާމަށް ދެވުނު ހަމަލާއާ ގުޅިގެން އިންޑިއާއިން އެޅި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ކަޝްމީރުގެ ފަތުރުވެރިކަމަށް ހުރަސްއެޅި، އާންމުންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފި އެވެ.

މި ހަރުކަށި ފިޔަވަޅުތައް ދިގުލައިގެން ދިއުމުގެ ސަބަބުން ކަޝްމީރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ނަރަނާގް އަވަށުގެ ފިހާރައެއް ހިންގާ ގުލާމް ގާދިރު ޖާގިލް، އޭނާގެ ކާބޯތަކެތި ވިއްކާ ފިހާރައަށް ކަސްޓަމަރުން އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ހުސް މަގުތަކަށް ބަލަހައްޓައިގެން ހުރެ އެވެ.

އާސާރީ ތަންތަނަށް މަޝްހޫރު އަދި ފަރުބަދަތަކަށް އަރާ މީހުންގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ މި އަވަށަކީ އާންމުކޮށް މެއި މަހުން އޯގަސްޓް މަހުގެ ނިޔަލަށް ފަތުރުވެރިންގެ ބާރުބޮޑު ސަރަހައްދެކެވެ.

ލަފާކުރެވޭ ގޮތުގައި ނަރަނާގް އާއި އެ ސަރަހައްދުގެ އަވަށްތަކުގައި ގާތްގަނޑަކަށް 2،000 އާއި 4،000 އާ ދެމެދުގެ އާބާދީއެއް ދިރިއުޅެ އެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ ކޯޗީންގެ ގޮތުގައި އުޅޭ ގުއްޖަރު އަދި ބަކަރްވާލް ދަރިކޮޅުގެ މީހުންނެވެ.

އުމުރުން 45 އަހަރުގެ ޖާގިލް އަކީ ފިހާރަ ހިންގުމުގެ އިތުރުން ފަރުބަދަތަކަށް އަރާ މީހުންނަށް މަގުދައްކައިދީ، ކާބޯތަކެއްޗާއި ސްލީޕިންގ ބޭގް ފަދަ ތަކެތި ފޯރުކޮށްދޭ މީހެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިން ހަތް ދުވަހާއި އަށް ދުވަހުގެ މުއްދަތަށް، ފަރުބަދަމަތީ ފެންގަނޑު ހުރަސްކޮށް ކުރާ 75 ކިލޯމީޓަރުގެ މި ދަތުރުތަކަކީ އޭނާގެ މައިގަނޑު އާމްދަނީ އެވެ.

ނަމަވެސް، 22 އެޕްރީލް 2025 ގައި ފަހަލްގާމްގެ ބައިސަރަން މީޑޯއަށް ދެވުނު ހަމަލާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިފަދަ ހަރަކާތްތައް މަނާކުރުމުން، އޭނާއަށް އެތައް ހާސް ޑޮލަރެއްގެ ގެއްލުން ވެފައިވާ ކަމަށް ޖާގިލް ބުންޏެވެ.

އެ ހަމަލާގައި 25 ފަތުރުވެރިންނާއި އެ ސަރަހައްދުގެ މީހަކާއެކު ޖުމްލަ 26 މީހުން މަރުވި އެވެ.

މި ހަމަލާއާއެކު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، 2025 ވަނަ އަހަރުގެ މެއި މަހު ދެ ޤައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރުވެސް އުފެދުނެވެ.

ކަޝްމީރުގެ މައްސަލައަކީ 1947 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރުން މިނިވަންވީއްސުރެ މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ބޮޑު ދެބަސްވުމެކެވެ.

ޖާގިލް ”މިޑްލް އީސްޓް އައި“ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އެ އަވަށުގެ ގިނަ ބައެއްގެ ދިރިއުޅުން ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މިފަދަ ހަރަކާތްތަކުގެ މައްޗަށެވެ.

”މި މަނާކުރުންތަކާ ގުޅިގެން އަހަންނަށް އެކަނިވެސް 600،000 ރުޕީސް (6،300 ޑޮލަރު) ގެ ގެއްލުން ވެއްޖެ. އެހެން މީހުންގެ ހާލަތަކީވެސް މިއީ،“ އޭނާ ބުންޏެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި މިހާރު އެ ސަރަހައްދަށް ޒިޔާރަތްކުރަނީ މަދު ބައެކެވެ. އަދި އެމީހުންނަށްވެސް މަޑުކުރެވެނީ ހަވީރު 5 ޖަހަންދެން ކަމަށްވާތީ، ކުދި ހޮޓާތަކާއި ފިހާރަތަކުން ލިބޭ އާމްދަނީ އާއިލާ ބެލެހެއްޓުމަށް އެކަށީގެންނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.