އިންޑިއާ އަށް ދާ ޓީޗަރުންނަށް ޚާއްސަ ފްލައިޓެއް މޯލްޑިވިއަން އިން ބާއްވަނީ

އިންޑިއާ އަށް ދާ ޓީޗަރުންނަށް ޚާއްސަ ފްލައިޓެއް މޯލްޑިވިއަން އިން ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މިއީ ސްކޫލު ބަންދާ ދިމާކޮށް އިންޑިއާ އަށް ދާ ޓީޗަރުންނަށް ޚާއްސަކޮށްގެން ބާއްވާ ފްލައިޓެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ސްކޫލު ޗުއްޓީ އާއި ދިމާކޮށް އެނބުރި ގައުމަށް ދާ އިންޑިއާ ޓީޗަރުންނަށް ޚާއްސަ އިތުރު ދެ ފްލައިޓު ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ކޮޗިން އަށް ދަތުރު ބާއްވާއިރު، 19 ވަނަ ދުވަހު ޓްރެވިންޑްރަމްއަށް ދަތުރު ބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން އިން މީގެ ކުރިން ވަނީ ކޮޗިން އަދި ޓްރެވިންޑްރަމް އަށް ހާއްސަ ފްލައިޓުތަކެއް ޖޫން 24 ގައި ބާއްވަން ނިންމައިފަ އެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފަށާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ގިނަ ބިދޭސީ ޓީޗަރުން ނިސްބަތްވަނީ އިންޑިއާ އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.