ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (3)

އިސްލާމް ދީނުގައި މެދުމިން:

މެދުމިނަކީ އާދައިގެ ވަރެވެ. ނުވަތަ އެވްރެޖެވެ.[1] މިއީ ދިވެހި ރަދީފުގައި މި ލަފުޒުގެ މާނަ ގެނެސްފައިވާ ގޮތެވެ. ނަމަވެސް ޢަރަބި ބަހުގައި މި ލަފުޒުގެ މާނަ މިއަށް ވުރެން ފުޅާކޮށް އައިސްފައި ވެއެވެ. ޢަރަބި ބަހުން މެދުމިނަށް  ބޭނުން ކުރެވޭ ލަފުޒަކީ ” وسط ” މިއެވެ. އެބަހީ ޢަދުލުވެރި ރަނގަޅު ގޮތެވެ.[2] މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

((وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا )) [3] މާނައީ: “އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.” އެބެހީ އެންމެ ރަނގަޅު އަދި ޢަދުލުވެރި އުއްމަތެއްގެ ގޮތުގައި ލެއްވީ މެވެ.”

އިޝްތިހާރު Below Header ad

އިސްލާމް ދީނަކީ މެދުމިނުގެ ދީނެކޭ ބުނެވޭ ބަހުގެ މާނައަކީ އެ ދީން އައިސްފައިވަނީ ހުރިހައި މަކާނަކާއި (ތަނަކާއި) ޒަމާނެއް ޝާމިލުވެގެން، އިންސީންނާއި ޖިންނީންގެ މުޅި ނަސްލަށްވެސް ފެތޭގޮތަށް އެންމެހައި މަޞްލަޙަތުތަށް ޙިމާޔަތް ކުރެވިގެން ޢަދުލުވެރި މެދުމިނުގައި ކަމެވެ. ހިސާބު ކުރެވެނިވި ” ހާފް” މިނުގެ ގޮތުގައި ނޫންކަމެވެ. އެދީނުގައި އައިސްފައިވާ އަޅުކަންތަކާއި މުޢާމަލާތްތަކުގެ އެންމެހައި ޙުކުމްތައްވެސް އައިސްފައިވަނީ މެދުމިނުގައެވެ.   އިސްލާމްދީނުގެ އިންތަކާއި މިންތަކަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ނުވަތަ ގިނަބަޔަކު ބޭނުންވާ ގޮތަކަށް ނިންމާން އިޚްތިޔާރު ލިބިގެންވާ މިންވަރުތަކެއް ނޫނެވެ. އެ މިންތަކުގެ މިންވަރު ވަނީ މާތްﷲ ނިންމަވާ ފައެވެ. އެއަށް އުނި އިތުރެއް ނުގެނެވޭނެއެވެ.

އިސްލާމުދީނަކީ ލުއިފަސޭހަ ދީނެއް! އެހެނަސް، މިންވަރުތައް ވަނީ ކަނޑައެޅިގެން.

އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކޭ ބުނެވެނީ މި ދީނުގައި އެއްވެސް ނަފުސަކަށް ނުއުފުއްލޭވަރުގެ ތަކްލީފެއް ޖައްސަވާފައި ނެތީމައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

((لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَاۚ))[4]

މާނައީ: ” اللَّه، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ.”

އަދ ވެސް އެކަލާނގެ ވަހީ ކުރައްވާފައި ވެއެވެ. (( يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ ))[5]

މާނައީ: “اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

(( وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍۚ ))[6]

މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.” މާތްﷲ އެއީ އަޅުތަކުންގެ މައްޗަށް ނުހަނު އޯގާވަންތަވެރި ރަސްކަލާނގެ އެވެ. އެކަލާނގެ އަޅުތަކުންގެ ޙާލަތައް ބައްލަވާ، ކަންތައްތައް ލުއިކޮށްދެއްވާފައެވެ.

އިސްލާމްދީން ވަނީ އަޅުތަކުންގެ ޙާލަތަށް ރިޔާއަތްކޮށް ލުއިފަސޭހަތަކެއް ދެއްވާފައެވެ. މި ލުއިފަސޭހަ ތަކަކީ ކޮބައި ކަމާއި އެކަމުގެ މިންވަރުތައް ވަނީ މި ދީން ޝަރުޢު ކުރެއްވި ފަރާތުން ނިންމާފައެވެ. ވީމާ މިކަމަކީ އަހަރެމެންނަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫނެވެ. އެމީހަކަށް އެންމެ ފަސޭހަގޮތަކަށް ނުވަތަ ބޭނުންވާ ގޮތަކަށް މި ދީނުގައި ވާ ކަންތައްތައް ނުކުރެވޭނެއެވެ.  މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

(( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْۗ)) [7]

މާނައީ:” އަދި اللَّه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޙްތިޔާރު އޮތުމަކީ ނެތްކަމެކެވެ.”

ވިސްނާލަން ޖެހޭ ކަމަކީ، އިސްލާމްދީނުގައި ލުއިފަސޭހަތަކެއް ދެއްވާފައި ވީނަމަވެސް، މިކަމުގައި ވަކި މިންވަރުތަކެއް ވާ ކަމެވެ. އިސްލާމް ދީނުގައި ކަންކަން ކުރެވޭނެ އެންމެ ލުއިގޮތްތައް ވެސް ކީރިތި ޤުރުޢާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ރަނގަޅަށް ފެންނަން އެބައޮތެވެ. ލުއިކުރަން ވެގެން އެއިން ބޭރުން ކަންކަމެއް ނުކުރެވޭނެއެވެ.[8] މީސްތަކުން އަމިއްލައަށް މެދުމިނެއް ގެންނާން އުޅޭނަމަ، ދީނުގެ އިންތަކުން ބޭރުވެ ގަޑުބަޑު ވާނެކަމެވެ. އިސްލާމު ދީނުގެ މިންތައް ވަނީ އެދީން ވަރަށް ފުރިހަމައަށް ހުރިހާ ކަމަކާއި ޒަމާނަކަށް އެކަށޭނެ ގޮތައް ބަޔާންކޮށްދެއްވާފައެވެ.

___________________________________

[1] ދިވެހި ބަހުގެ ރަދީފު.

[2] މުޢުޖަމުލް ވަސީޠް.

[3] ޤުރުއާން، ބަޤަރާ ސޫރަތް، 143.

[4] ޤުރުއާން، ބަޤްރާ ސޫރަތް، 286.

[5]   ޤުރުއާން. ބަޤަރާ ސޫރަތް، 183.

[6]   ޤުރުއާން. ހައްޖު ސޫރަތް، 78.

[7] ޤުރުއާން، އަހްޒާބު ސޫރަތް، 36.

[8] https://miadhu.mv/article/read/33132

މިލިޔުމުގެ ކުރީގެ ބައިތައް:

hahdhu fahana elhumaai harukshi fikuraai medhumin 2

ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (2)

އިސްލާމްކަން: ލުޣަވީ ގޮތުން اسلام މިއީ ޢަރަބި ލަފުޒެކެވެ. ލުޢަވީ ގޮތުން މި ލަފުޒުގެ މާނައަކީ، ބޯލަނބައި ކިޔަމަންތެރިވުން[1] މިއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ[2] މާނައީ : “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތައުބާވެ، އެކަލާނގެއަށް ކިޔަމަންވާށެވެ!” ޝަރުއީ އިސްތިލާޙް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.” އިސްލާމްކަމަކީ ބޯލަނބައި ކިޔަމަން ވުމެވެ. އެކަމުގައި ހިމެނެނީ ހަމައެކަނި މާތް ﷲ އަށް އަޅުކަން ކުރުމާއި އެއިލާހަށް ބޯލަނބައި ކިޔަމަންތެރިވުމެވެ.”[3]އިޝްތިހާރު އިބްނު …

0 comments
hahdhu fahana elhumaai harukshi fikuraai medhumin

ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟

މިއަދު މިރާއްޖޭގައި އިވެނީ އެއްބަޔަކު ލާދީނީ ގޮވާ އަޑެވެ. އަނެއް ކޮޅުން އިވެނީ މާތް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނާ އަޑެވެ. ފުރައްސާރަ ކުރާ އަޑެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ކަންކަން ކަމުނުދާކަމުގައި ބުނެ އެގޮތަށް ވިސްނައިދޭން އުޅޭތަން އަންނަނީ ފެންނަމުންނެވެ. ތަފާތު ޖަމްޢިއްޔާތަކުގެ ނަންނަމުގައާއި، މީސްމީޑިއާގައި ވަކިވަކި ފަރުދުންގެ ގޮތުގައެވެ. ފާޅުކަން ބޮޑު ގޮތުގައެވެ. މިފަދަ ކަންކަން ފާޅުގައިކޮށް، އިސްލާމީ ޝަރީޢަތާއި ޚިލާފު ކަންކަން ދިވެހިރާއްޖެއަށް ގެނައުމަށާއި، ﷲ ސުބުޙާނަހޫ …

0 comments

(ނުނިމޭ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.