ވިޒިޓް މޯލްޑިވްސްއިން ޕޮލެންޑަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރަނީ

ވިޒިޓް މޯލްޑިވްސްއިން ޕޮލެންޑަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި ކެމްޕެއިންގެ ބޭނުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓާ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއްމަންޒިލުގެ ގޮތުގައި ޕޯލޭންޑްގައި ރާއްޖެ އިޝްތިހާރުކުރުމެވެ.

އިޝްތިހާރު Below Header ad

ޕޮލޭންޑްގެ އެންމެ މަގުބޫލު އެއް ޓުއަރ އޮޕަރޭޓަރ ކަމުގައިވާ އިޓާކާ އާއިއެކު ޖޮއިންޓް ކެމްޕެއިނެއްގެ ގޮތުގައި ފަށާފައިވާ މި ކެމްޕެއިންގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި އައުޓްޑޯ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ޕޮލޭންޑުން ރާއްޖެއަށް އިޓާކާގެ ފަރާތުން ޗާޓަރ ފްލައިޓްތައް ފެށުމާއި ގުޅުވައިގެންނާއެކު ކުރިއަށް ގެންދާ މި ކެމްޕެއިނުގައި އިޝްތިހާރުކުރެވޭ ކޮންޓެންޓް ލަފާ ކުރެވޭގޮތުގައި 25 މިލިޔަނެއްހާ މީހުނަށް ފޯރާނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިފަދަ ކެމްޕެއިންތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ފެށޭ ޗާޓަރ ފްލައިޓްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

އިޓާކާ އަކީ 30 އަހަރުގެ ތަޖުރިބާއާއެކު ޕޮލޭންޑް ގެ އެންމެ މަގުބޫލު އަދި މަޝްހޫރު އެއް ޓުއަރ އޮޕަރޭޓަރެވެ. 2018 ވަނަ އަހަރުގައި އިޓާކާއިން 915,00 ކްލައިންޓުންނަށް 100 އަށްވުރެން ގިނަ މަންޒިލްތަކަށް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.