
މާލެ ސަރަހައްދުން 488 މީހުންނާއެކު 710 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
މާލެ ސަރަހައްދުން 488 މީހުންނާއެކު 710 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖެއިން ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންގެ އިތުރުން ދެން ހިމެނެނީ އަތޮޅުތަކުން 202 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 05 މީހުންނާއި ތަރައްޤީކުރަމުންގެންދާ ރަށްރަށުން 15 މީހުން ކަމަށެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 64،396 އަށް އެރީއެވެ.
ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި24109 މީހުން ތިބި އިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން204 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ.
މިހައިތަނަށް ކޮވިޑު ޖެހިގެން 161 މީހުން ވަނީ ރާއްޖެއިން ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/naM016haC4
— Health Protection Agency (@HPA_MV) May 31, 2021