ޚަބަރު ފީތާ

މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް

ދުންފަތަކީ މުޅި ދުނިޔެ އެކަމުން ސަލާމަތް ވުމަށް ނުކުޅެދިފައިވާ ބޮޑު ވަބާއެކެވެ. މި ވަބާގައި ޖެހެމުން އަންނަ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަަކަށް އިތުރުވަމުންނެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ފެންވަރުގައި އަންނަނީ ދުންފަތާ ދެކޮޅަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެއް ފާހަގަ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ދުންފަތުގެ އިސްތިމާލު ނުކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިޔާރަކީ “ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ” މިއެވެ

އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީއަށް ބަލާއިރު އާބާދީގެ ބޮޑުބައެއް ވަނީ މި ވަބާގައި ޖެހިފައެވެ. އެގޮތުން ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ފިރިހެނުންނެވެ. އަދި ޒުވާން އުމުރުފުރައިގެ އަންހެން ކުދިންނާއި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން ހަގު ކުދިން ރާއްޖޭގެ ނިސްބަތުން ގިނަ އަދަދަކަށް ދުންފަތުގެ ވަބާގައި ޖެހެމުން ދާކަމީ މިއަދު އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސަތްކަތުގެ ތެރެއިން މިހާރުވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް މަނާކޮށްފައެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސިނގިރޭޓު ފޮށީގެ ބޭރުގައި މީގެ ކުރިން ލިޔާ އިންޒާރުގެ މެސެޖުގެ އިތުރުން މިހާރު ސިނގިރޭޓު ފޮށީގެ ބޭރުގައި ދުންފަތުން ލިބޭ ގެއްލުން ތައް ފެންނަ ފޮޓޯ އެއްވެސް ވަނީ ހިމަނާފައެވެ.

ސިއްހީ މާހިރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަށްވުރެ ބޮޑަށް އޭނާގެ ކައިރީގައި ހުންނަ ސިނގިރޭޓުގެ ދުމުގެ އަސަރު ކުރާ މީހާއަށް އޭގެ ގެއްލުން ބޮޑެވެ. އެހެން ކަމުން މިއީވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެވެ.

ދުންފަތަކީ އޭގެ ސަބަބުން އިންސާނާއަށް އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެކެވެ.  ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) ގެ ރިޕޯޓު ތަކުން ދައްކާ ގޮތުގައި ހަމައެކަނި ސިނގިރޭޓު ބޯ މީހުންގެ އަދަދުވެސް އެތައް ބިލިއަންއަށް އަރައެވެ. މީގެތެރެއިންވެސް ގިނައީ ފިރިހެނުންކަމަށް ޑަބްލިއު.އެޗް.އޯ ގެ ރިޕޯޓު ތަކުން ދައްކައެވެ. އަދި މި އަދަދުގެ 20 ޕަސެންޓަކީ އަންހެނުންނެވެ.

ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ ގައުމަކީ ޗައިނާ އެވެ. ޗައިނާގައި ދުނަފަތުގެ އިސްތިއުމާލު ކުރާ 300.8 މިލިއަން މީހުން ދިރިއުޅެއެވެ. ދެވަނައަށް ދުންފަތުގެ އިސްތިއުމާލު ކުރާ އެންމެ ގިނަ ބަޔަކު ދިރި އުޅެނީ އިންޑިއާގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި ދުންފަތުގެ އިސްތިއުމާލު ކުރާ 274.9 މީހުން ދިރިއުޅެއެވެ.

ދުންފަތުގެ އިސްތުމާލު ކުރުމުން ޖެހޭ ބަލި ތަކުގެ ތެރޭގައި ފުއްޕާމެއަށް ކެންސަރު ޖެހުމާއި، ތަފާތު ހިތުގެ ބަލިތައް ޖެހުމާ، ސްޓްރޯކް ޖެހުމުގެ އިތުރުން އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުންވުން ހިމެނެއެެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެންމެ އާންމު އަދި އެންމެ ނުރައްކާތެރި ބަލި ކަމުގައިވާ ކެންސަރު ޖެހިގެން މުޅި ދުނިޔެއިން 2020 ވަނަ އަހަރު އެކަނިވެސް 200 މިލިއަން މީހުން ރިޕޯޓު ކޮށްފައި ވާ ކަމަށް ޑަބްލިއު.އެޗް.އޯ ގެ ރިޕޯޓް ތަކުން ދައްކައެވެ.

ދުންފަތަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭނެ އެއްޗަކަށް ވީ ހިނދު އަދި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސިނގިރޭޓުން ލިބޭ ގެއްލުން މާ ބޮޑެވެ. ކޮންމެ ސިނގިރޭޓެއްގައި 1000 ވައްތަރުގެ ކެމިކަލް އެކުލެވިގެން ވެއެވެ. އަދި މިއިން ކޮންމެ ކެމިކަލަކީ ހަށިގަނޑަށް ގެއްލުން ހުރި ކެމިކަލެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު އެކި ފަހަރު މަތިން ހަށިގަނޑުގެ ތެރެއަށް ތިޔަ ދަމާލާ ދުންކޮޅުގައި ކިހާ ކެމިކަލެއް އެކުލެވޭނެ ކަމާ، ހަށިގަނޑުގެ ގުނަވަން ތަކަށް އެ ދުންކޮޅުގެ ސަބަބުން ގެއްލުން ވާނެ މިންވަރު އަންދާޒާ ކޮށް އެކަމާ މެދު ވިސްނުމަކީ މުހިންމު ކަމެއް ކޮންމެހެންވެސް މުހިންމުކަމެއް ކަމެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: