ރައީސް ނަޝީދަށް ދިން ޙަމަލާއަކީ ދީނީ ގޮތުން ނުކިއްސަރު ވާހަކަ ދައްކަވައިގެން ކުރުވި ކަމެއް: އަލްހާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޙަމަލާއަކީ ދީނީ ގޮތުން ނުކިއްސަރު ވާހަކަ ދައްކަވައިގެން ކުރުވި ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާ އަކީ އެހަމަލާޢަށް އެމަނިކުފާނު ދައުވަތު ދިން ހަމަލާއެއް ކަމަށެވެ. އަދި ހައްދު ފަހަނައަޅާފައިވާ ބަޔަކު ތިބިކަން އެނގި، އެމީހުން ރުޅިއަރުވައިގެން، ދީނީ ގޮތުން ނުކިއްސަރު ވާހަކަ ދައްކަވައިގެން ކުރުވިކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަލްހާން މި ޓްވީޓު ކުރައްވަފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ބަންޑާރަ ކޮށީގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާއެކުގަ އެވެ.

މި މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެެވެ. އަދި އައީޑީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީމަގާ ވީ ކަންމަތީގައި ބަހައްޓާފައި ހުރި ސައިކަލްގެ ތެރެއަށް ލައި ގޮއްވާލީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށެވެ.

އެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު، މިމަހުގެ 13 ވަނަ ދުވަހު ވަޑައިގަތީ ބާލިންގގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކަށެވެ. އަދި އެ ހޮސްޕިޓަލުގައި ހަފުތާއެއް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު، އެމަނިކުފާނު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވާ 4 މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.