ޚަބަރު ފީތާ

ފާރިޢު އަފްރާޙް. ބ. މާޅޮހު މަދުރަސާގެ ތާރީޚުގައި މިހާތަނަށް ދުށް އެންމެ ފާހަގަކޮށްލެވޭ ދަރިވަރު..

ބ. އަތޮޅު މާޅޮހު މަދުރަސާގެ ފައިބެއަހަރުގެ ބެސްޓް އޯލްރައުންޑަރގެ މަޤާމު ހޯދާފައިވާ ފާރިޢު އަފްރާޙަކީ ހުރިހާ ގޮތަކުންވެސް ނަމޫނާ ދަރިވަރެކެވެ.

1999 ވަނަ އަހަރުގެ ނޮވެމްބަރ 5 ވަނަދުވަހު އުފަންވި ބ. މާޅޮހު ބާދަލް، ފާރިޢު އަފްރާޙަކީ އެ ސްކޫލުން މިހާތަނަށް ވަކިވެގެން ދިޔަ ދަރިވަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދަރިވަރަށް ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އަޚުލާގީ ގޮތުންނާއި ކިޔެވުމަށް ބެލިއަސް ފާރިޢު އަކީ އެހެންކުދިންނަށް ނަމޫނާ ދަރިވަރެކެވެ. ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 10 ނިންމާ އެ ސްކޫލާއި ވަކިވެގެން ދިޔަ އިރު، ފާރިޢު ވަނީ ކޮންމެ އަހަރެއްގެ، ކޮންމެ ޓާރމެއްގައިވެސް ކޮމާންޑަޑް ހޯދާފައެވެ.

އަދި ފާރިޢު ވެގެން ގޮސްފައިވަނީ އެ ސްކޫލުގެ ޙަޔާތުގައި އަދިމިހާތަނަށް އެ ސްކޫލު ނިންމި އަދި އޯލެވެލް ނަތީޖާއިންވެސް މުޅި މާޅޮހުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަށެވެ. އާދެ. އެއީ ހަމަ ނަމްބަރ 1އެވެ.

މާޅޮހު މަދުރަސާގައި ފާރިޢު ހޭދަކުރި 10 އަހަރުދުވަހުގެ ފާރިޢު ވަނީ ރަންވަނަތަކެއްވެސް ހޯދާފައެވެ. އެގޮތުން އެ މަދަރުސާގެ ގްރޭޑް 1ށް ވަންދުވަހުން ފެށިގެން ކޮންމެއަހަރެއްގެ ކޮންމެޓާރމެއްގެ ރިޕޯރޓް ފޮތުންވެސް ފެނިގެންދިޔަ ކޮމެންޑެޑް ރިޕޯރޓުގެ އިތުރުން ކޮންމެ މާއްދާއަކުންވެސް A ރިޕޯރޓް ހޯދާފައިވުމަކީ މުޅި މާޅޮސް ފަޚުރުވެރިވާ ކަމެކެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން A ފާސް ހޯދައިވާ އިރު، އިނގިރޭސި މާއްދާފިޔަވާ ހުރިހާ މާއްދާއަކުންވެސް ހޯދާފައިވަނީ A*އެވެ. ނަތީޖާއަކީ ދިވެހިރާއްޖޭގެ ޓޮޕް10 ގެ 1 ވަނަ ހޯދާ، މުޅިރާއްޖެއިން ކޮމާރސްއިން 1 ވަނަ އަދި މުޅިދުނިޔެއިން ކޮމާރސް އިން 6 ވަނަ  ހޯދުމެވެ. މި ހުރިހާ ކަމަކީވެސް ފާރިޢުގެ ތޫނުފިލިކަން ހާމަކޮށްދޭ ލާމަޘީލު މިޘާލެއްކަން ޔަޤީން އެހެންނޫންތޯއެވެ.

kudoo-top-10-with-hep-yaamin-10-08-2016

ފާރިޢުގެ ފަރާތުން އެހެންދަރުވަރުންނަށް އިތް އަނެއް މިޘާލަކީ ތަޢުލީމު ޙާޞިލުކުރާ ގިނަ ދަރިވަރުންނަކީ ޓިއުޝަން ނަގާ ދަރިވަރުންނަށްވީނަމަވެސް ޢާންމުގޮތެއްގައި ރޭގަނޑު 9:30 ހާއިރު ނިދާ އަދި ފަތިހު 5:30 ގައި ހޭލާ ފާރިޢުގެ ތަޢުލީމީ 10 އަހަރު ނިންމާލީ ދުވަހަކުވެސް ޓިއުޝަން ނުނަގާކަމެވެ.

މި ނަމޫނާ ދަރިވަރު ސްކޫލުގައި ހޭދަކުރި ދުވަސްތަކުގައި ފުރިމަޤާމުތަކުގެތެރޭގައި ޖޫނިއަރ ޕްރިފެކްޓް، ޕްރިފެކްޓް، ސީނިއަރ ޕްރިފެކްޓް ، ނޫރުލް އިސްލާމް ކުލަބްގެ ރައީސް ، އިނގިރޭސިކުލަބްގެ ވައިސް ކެޕްޓަން، ސްކައުޓުގެ ޕެޓްރޯލު ލީޑަރކަމާއި ސްކޫލު ކެޕްޓަންކަން ހިމެނެއެވެ.

a0140f857c44ba56c0c154ebe575cebd3e57e0ef11bdd248a4522deed09d3b86

އެންމެ ކިޔަވާހިތްވާ މާއްދާއަކަށް ހިސާބު އަދި އެންމެކުޅޭހިތްވާ ކުޅިވަރަކަށް ފުޓްބޯޅަ ހަދާފައިވާ މި ދަރިވަރަކީ މުދައްރިސުންނަށްވެސް އިޙުތިރާމްކުރާ، މުދައްރިސުންގެ އިޙްތިރާމް ހޯދާފައިވާ މަޑުމައިތިރި މުރާލި ދަރިވަރެކެވެ. ސްކޫލުން ޙަވާލުކުރާ މަސައްކަތް ބަރާބަރަށް ދުވަހުންދުވަހަށް ނިންމުމާއި ސްކޫލުން ރާވާ ހިންގާ އިތުރުހަރަކާތްތަކުގައި ބަރާބަރަށްބައިވެރިވެފައިވަނީ ފޫހިކަމެއްނެތިއެވެ.

ރައްޓެހި ރަޙުމަތް ތެރިންގެ ކިޔައި އުޅޭ ބަހުން ނަމަ، “ ބެސްޓޭ “ ހަމަ ޙަޤީޤަތުގައިވެސް މިވަނީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ބެސްޓު ދަރިވަރަކަށްވެފައެވެ.

ހަމަ ޔަޤީނުންވެސް ފާރިޢު އެ ހާމަކޮށްދިނީ ތަޢުލީމު ޙާޞިލު ކުރުމަކީ ނުވަތަ މޮޅަށް އުނގެނުމަކީ ވަކި ތަނެއްގައި ހުރެގެން ކުރެވޭނެ ކަމެއް ނޫން ކަމެވެ. ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ، ކޮންމެ ތަނެއްގައި ހުރެގެންވެސް މައިންބަފައިންނާއި ރަށާއި ޤައުމު ފަޚުރުވެރިވާ ފަދަ ދަރިވަރަކަށް ވެވިދާނެކަން އެވަނީ ހާމަކޮށްދީފައެވެ.

kudoo-unaam-1

އަދި މުދައްރިސުންނާއި ސްކޫލުގެ މެނޭޖްމެންޓު އަދި ރަޙުމަތްތެރިން ދޭންބޭނުންވާ މެސެޖަކީ ހިތްވަރާއިއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުހޯދުމަކީ އުނދަގޫ ކަމެއްނޫންކަންވެސް ހާމަކޮށްދީފައެވެ. ފާރިޢު އަކީ ނަމޫނާއަކަށް ބަލައިގެން ފާރިޢު ހިނގި ފިޔަވަޅުން ހިނގައި، ބަސްއަހާ ކިޔަމަންތެރި ދަރިވަރަކަށް ވެއްޖެނަމަ ކާމިޔާބީ އަކީ ވަރަށް ގާތުގައިވާ އެއްޗެކެވެ.

ބ. މާޅޮހު، ބާދަލް ރާމިޒާ ޔޫސުފާއި މުޙައްމަދު އަފްރާޙުގެ ދަރިފުޅު ފާރިޢު އަކީ އެ ޢާއިލާގެ 3 ކުދިންގެ ތެރޭގައި ހިމެނޭ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި، ދީނަށްލޯބިކުރާ ނަމޫނާ ދަރިވަރެއްވެސްމެއެވެ. އެ ޢާއިލާގެ މެދަށް ހުރި ފާރިޢު ނުވަތަ ބެސްޓޭގެ މިހާރުގެ އަމާޒަކީ ޕައިލެޓަކަށްވެ، ރާއްޖޭގެ ނަން ވިދުވާލުމެވެ. އެކަން ފާރިޢުއަށް ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. ކިތަންމެހާވެސް ރަނގަޅަކަށް ފާރިޢު އެވަނީ އެކަން ހާމަކޮށްދީފަ އެހެންނޫންތޯއެވެ.

Rate this post

1