
”އަހަރެން މުއްޔަށް ގެންގޮސް ދީބަލަ! މުއްޔަށް ފުރާ ދޯންޏަށް ލައިދީ ކޮއްކޯ“
”އަހަރެން މުއްޔަށް ގެންގޮސް ދީބަލަ! މުއްޔަށް ފުރާ ދޯންޏަށް ލައިދީ ކޮއްކޯ“
މިއީ ކުޑަބެ ނުވަތަ މ. މުލީ ޢަބްދުޤާދިރު ޢަލީ ނުވަތަ އަޅުގަނޑުގެ ލޮބުވެތި ދިވެހި މުދައްރިސް އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ އެއްބަނޑުއެއްބަފާ ބޭބެ އެންމެ ފަހުން އަޅުގަނޑާ ބައްދަލުވި ދުވަހު ވިދާޅުވި ބަސްފުޅެވެ. ހ. އާމުލީގެއަށް. ވަންނަ ދޮރާށި ކުރިމަތީގައި ހުންނަވައިގެންނެވެ. ކުޑަބެ އޭރު ވަރަށް ބޮޑަށް ބައްޔެވެ. ގިނަ ކަންކަން ހަނދުމަފުޅެއް ވެސް ނުހުރެއެވެ.
ކުޑަބެއަކީ ހިތްޕުޅު ހެޔޮ އޯގާވެރި ބޭފުޅެކެވެ. ސާދާ ދިރިއުޅުއްވުމަށް ލޯބި ކުރެއްވި ހަރުދަނާ ބޭފުޅެކެވެ. ތެދުތެދަށް ދަންނަވާނަމަ ކުޑަބެއަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީގެ ވަރަށް ބޮޑު ހިއްސާދާރެކެވެ. ތައުލީމީ މީހުން އުފައްދަވަން އާދަޔާ ޚިލާފު މަސައްކަތްޕުޅު ކުރެއްވި ބޭފުޅެެވެ. ނަމާދަށް ފަރުވާ ބެހެއްޓެވި އަޅުވެރިޔެކެވެ.
ކުޑަބެއަކީ ހަތްދިހަޔާއި އަށްޑިހައިގެ އަހަރުތަކުގައި ވިދާލި މަޝްހޫރު އެލްޕާޝޯ ކިލާހުގެ ބާނީއެވެ. އަދި ފަހުން މަދަރުސަތުލް ހަނިއްޔާގެ ވެސް ބާނީއެވެ.
އާދޭހެވެ! ބައްޕަ ވިދާޅުވާނޭ ބޭފުޅަކު ނެތަސް ކުޑަބެއަކީ އެތައް ދަރިވަރެއްގެ ތައުލީމުގެ ބައްޕައެވެ. އެތައް ބޭފުޅެއްގެ ކުރިމަގު އުޖާލާ ކުރެއްވި އާރުކާޓީއެކެވެ. ކުޑަބެ ވެސް އަވަހާރަވީއެވެ. އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. ދެން ކުރެވޭން އޮތްހައި ވެސް ކަމަކީ ހެޔޮ ދުޢާކުރުމެވެ. ކުޑަބެގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސުގައި ލައްވާށިއެވެ. ޝައްކެއް ވެސް ނެތެވެ. ކޮންމެ ނަފުސަކީ މަރުގެ ރަހަ ދެކޭނެ ނަފުސެެކެވެ.
.I will take you muli brother