ރެއާލް މެޑްރިޑަށް ތަފާތު ބޮޑު މޮޅެއް..

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީ ރެއާލް ބެޓިސްއާ ވާދަކޮށް 1-6 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ެބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ވެރާން އެވެ. މި ލަނޑަށްފަހުވެސް ރެއާލް އިން ދިޔައީ ބެޓިސްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

އެގޮތުން 32 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. 40 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މާސެލޯ ރެއާލް އަށް ލީޑު އިތުރަށް ފުޅާކޮށްދިން އިރު ރެއާލް އިން ޖެހި ހަތަރުވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު ސިކުންތުކޮޅުގައި ކާމިޔާބުކޮށްދިނީ އިސްކޯ އެވެ.

މި ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއިން ރެއާލް ކުރިގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބެޓިސް އިން ކުޅުން ރަނގަޅު ކުރި އިރު އެޓީމުން އުފައްދަމުން ދިޔަ ހަމަލާތައްވެސް އިތުރުކުރިއެވެ. އެގޮތުން 56 ވަނަ މިނެޓުގައި ސެޖޫޑޯ ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ.

އެހެންނަމަވެސް ރެއާލް އިން ވަނީ ކުޅުން ރަނގަޅުކޮށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯގެ އެހީތެރިކަމާއެކު 6އިސްކޯ އެވެ. މެޗުގައި ރެއާލް އިން ޖެހި ހަވަނަ ލަނޑު އަދި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްތިއާނޯ ރޮނާލްޑޯ އެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 8 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މި މެޗުން ބަލިވި ރެއާލް ބެޓިސް އޮތީ ކުޅުނު 8 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.