ބާސެލޯނާ ތަފާތު ބޮޑު ނަތީޖާއަކުން ޑިޕޯޓިވޯ ލަކަރޫނާ އަތުން މޮޅުވެއްޖެ.

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ތަފާތު ބޮޑު ނަތީޖާއަކުން ޑިޕޯޓިވޯ ލަކަރޫނާ އަތުން މޮޅުވެއްޖެއެވެ.

ޑިޕޯޓިވޯ އަތުން ބާސެލޯނާ މިރޭ މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭ ތަފާތު ބޮޑުނަތީޖާއަކުން ބާސެލޯނާ މޮޅުވިއިރު ގިނަދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް މެސީ ވަނީ މި މެޗުގައި ކުޅެފައެވެ.

މެސީއަށް އަނިޔާވެފައިވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައެވެ. މެސީއަށް އަނިޔާވެފައިވަނީ  އޭނާގެ އުކުޅުވަޅަށެވެ. މިރޭ ޑިޕޯޓިވޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ކުޅެން އެރިތާ 5 މިނިޓްތެރޭގައި މެސީ ވަނީ ލަނޑު ޖަހައިފައެވެ.

l_147655628245jap0

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި 3 ލަނޑުގެ ލީޑެއް ނަގައިފައެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ  ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ އެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރަފީނިއާ އެވެ. އެޓީމުގެ ތިން ވަނަ ލަނޑު 43 ވަނަ މިނިޓްގައި ޖަހައި ދިނީ ލުއިސް ސުއަރޭޒެވެ.

މެޗުގެ ފުރަތަމަ ހާފު 3 ލަނޑުގެ ލީޑެއްގައި އޮވެ ބާސާ ނިންމާލިއިރު ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. މެސީ މި ލަނޑު ކާމިޔާބުކުރީ 58 ވަނަ މިނިޓްގައެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ބާސާގެ ނޭމާއަށް ޑިޕޯޓިވޯގެ ލައުރީ ސަނަބްރިއާ ރުއިޒް ކުރި ނުރައްކާތެރި ފައުލަކާއެކު ރެފްރީ އޭނާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެން ޑިޕޯޓިވޯއިން ފަހުހާފުގެ ބޮޑުބައެއް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ނަތީޖާއާ އެކު ބާސާއަށް ވަނީ ތާވަލުގެ ތިން ވަނަ ލިބިފައެވެ. ބާސާ ތިންވަނާގައޮ އޮތީ 16 ޕޮއިންޓާއެކުގައެވެ. އަށް މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު 17 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސެވިއްޔާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.