ރާއްޖޭގެ ގައުމީޓީމުގެ ގޯލްކީޕަރު އިމްރާން މުޙައްމަދު ގައުމީޓީމުން ރިޓަޔާކޮށްފި.

17 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބަލަހައްޓަމުންއައި ތަޖްރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އިމްރާން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރީ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ. ފޭސްބުކް ޕޭޖާއި ޓްވިޓާ އެކައުންޓު މެދުވެރިކޮށް އިމްރާން ބުނެފައި ވަނީ ގައުމީޓިމަށް ކުޅުންހުއްޓާލައިފިން ކަމަށާއި މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިމްރާން ބުނީ ގައުމީ ފުޓްބޯޅަ ޓީމާއި ދުރަށް ދިއުމަކީ އެހާފަސޭހަ ކަމެއްނޫން ކަމަށާއި އޭނާގެ ހިއް ބުނަމުންދަނީ އަދިވެސް ގައުމީޓީމަށް ކުޅުމަށް ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމު މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް ހިއްސާކުރި ތަޖްރިބާކާރު ކީޕަރު  އދ. މަހިބަދުއަށް އުފަން މިހާރު އުމުރުން 35 އަހަރުގެ އިމްރާން ގައުމީޓީމަށް ކުޅެން ފެށީ 2000 ވަނަ އަހަރުގައެވެ.

capture

 

2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިމްރާން ވަނީ ރާއްޖޭގެ ގައުމީޓީމަށް ޖުމްލަ 111 މެޗު ކުޅެދީފައެވެ.

މާޒިޔާގެ ގޯލްވެސް ބަލަހައްޓަމުން އަންނަ އިމްރާން ބުނީ އޭނާ ގަބޫލުކުރާގޮތުގައި މިއީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތްކަމަށާއި ޒުވާން ކުޅުންތެރީންނަށް ފުރުސަތުދިނުމަށް ފަހު ފެއަށް ޖެހިލުން ބުއްދިވެރިކަމުގައި ދެކޭކަމަށެވެ. އިމްރާން ބުނީ ޒުވާން ކީޕަރުން ތަމްރީނުވެ އެ ކުޅޫންތެރިން ގައުމީޓީމަށް ފިޓުވަން ޖެހޭ ވަގުތު މިހާރު ޖެހިއްޖެ ކަމަށާއި މުސްތަގުބަލުއޮތީ ޒުވާން ކީޕަރުންނަށް ކަމަށެވެ.

އިމްރާން ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު ރާއްޖޭގެ ގައުމީޓީމު ވަނީ މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް 2019ގެ ކޮލިފައިން ބުރުން ޖާގަހޯދިއިރު ރާއްޖޭގެ ގައުމީ ޓީމު ގޯލް ބެލެހައްޓާފައިވަނީ އިމްރާނެވެ.

2008 ވަނަ އަހަރު ބޭއްވުނު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު ގައުމީ ޓީމުގެ ގޯލް ކީޕަރުކަންވެސް ކޮށްފައިވަނީ އިމްރާނެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އަދިވެސް ކްލަބް ފުޓްބޯޅައިގައި ކުރިއަށް ދާނޭ ކަމުގެ ޔަގީންކަން އިމްރާން ވަނީ ދީފައެވެ.

އިމްރާން ވަނީ ކްލަބް ފެންވަރުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިހާރުގެ ކުލަބު މާޒިއާ ވިކްޓަރީ ސްޕޯޓްސް ކްލަބް،  ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ވީބީ ސްޕޯޓްސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހިމެނެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.