މިއަހަރުގެ ގޯލްޑެން ފުޓް އެވޯޑް އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރ ބުފޮންއަށް ލިބިއްޖެ.

 

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރުގެ ގޯލްޑެން ފުޓް އެވޯޑް އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ލެޖެންޑަރީ ގޯލްކީޕަރު ގިއަންލުއީޖީ ބުފޮން އަށް ލިބިއްޖެ އެވެ.

ބުފޮން މި އެވޯޑް މި ހޯދީ ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިން ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީ ފަހަތައް ޖައްސާލުމަށްފަހުގައެވެ. މި ދެކުޅުންތެރިންގެ އިތުރުން މިއަހަރު މި އެވޯޑަށް ނޮމިނޭޓްވީ އެޑިންސަން ކަވާނީ އާއި ފްރޭންކް ލަމްޕާޑާއި އަންދްރެއާ ޕިރްލޯ އާއި ތިއާގޯ ސިލްވާގެ އިތުރުން އިކާ ކަސިއަސް އެވެ.

2003 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑަކީ ގޯލްޑެން ފުޓް އެވޯޑަކީ ފުޓްބޯޅައިގަ ދުނިޔޭގައި ކުޅުންތެރިން ދައްކާ ޕާފޯމެންސާއި ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސަތްކަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ ބައިނަލްއަގުވާމީ އެވޯޑެކެވެ.

2003 ވަނަ އަހަރު މި އެވޯޑް ތައާރަފްކުރި އިރު އާްންމުކުރެވުނު ޤަވައިދުގައިވާ ގޮތުން މި އެވޯޑަަށް ނޮމިނޭޓް ވުމަށް އުމުރުން 28 އަހަރުވެފައި އެކްޓިވް ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ޖެހެ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ހޮވާލެވޭ ޖާނަލިސްޓު ޕެނަލަކުން އެވޯޑަށް ވާދަކުރާ 10 ނޮމިނީސްތައް ހޮވާއިރު މި އެވޯޑު ހައްގުވާ ކުޅުންތެރިއާ ހޮވަނީ އޮންލައިންކޮށް ހުޅުވާލާ ޕޯލް އަކުންނެވެ. މި އެވޯޑަށް ނޮމިނީސް ހޮވުމުގައި ކުޅުންތެރިންގެ ވަކިވަކި ހުނަރުތަކާއި ޓީމެއްގެ ގޮތުގައި ހޯދާ ކާމިޔާބީތަކުގެ އިތުރުން އެ ކުޅުންތެރިއެއްގެ ޝަޚުސިއްޔަތާއި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކުރާ މަސަތްކަތްތަކަށް ރިއާއެއްކުރާނެއެވެ.

މިއަހަރުގެ މި ބައިނަލްއަގުވާމީ އެވޯޑް ( ގޯލްޑެން ފުޓް އެވޯޑް) އިޓަލީގެ ބުފޮން ހޯދޮއިރު މީގެ ކުރިން މި އެވޯޑް ހޯދާފައިވަނީ އެފްރިކާގެ ދެ ކުޅުންތެރިން ކަމަށްވާ ސެމުއެލް އެޓޫ އާއި ޑިޑިއާ ޑްރޮގްބާގެ އިތުރުން ސްޕެއިންގެ އަންދްރެސް އިނިއެސްޓާއެވެ.

މީގެއިތުރުން މި އެވޯޑް އެންމެ ފުރަތަމަ ހޯދި ކުޅުންތެރިއަކީ އިޓަލީގެ ރޮބާޓޯ ބާޖިއޯ އެވެ. ބުފޮންއަކީ މި އެވޯޑް ހޯދި އިޓަލީގެ 5 ކުޅުންތެރިއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.