
އަލްބާއަށް އަނިޔާވެ ކުޅުމާއި ދުރަށް..
ބާސެލޯނާއަށް ކުޅެމުންއަންނަ ސްޕެއިން ޑިފެންޑަރު، ޔޯޑީ އަލްބާ އަށް އަނިޔާވެ ދުވަސްކޮޅަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެއެވެ.
ކުލަބުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އަނިޔާއާއި ގުޅިގެން އަލްބާ މަދުވެގެން 10 ދުވަހު ކުޅުމާއި ދުރުގައި ހުންނަންޖެހޭނެއެވެ.
އަލްބާ 10 ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިމިވަނީ އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
1-1 ގެ ނަތީޖާއިން އެއްވަރުވި މި މެޗުގައި އަނިޔާވެފައިވަނީ އަލްބާގެ ފައިގެ ފަލަމަސްގަނޑަށް ކަކަށް ކުލަބުން ވަނީ ބުނެފައެވެ. އެހެން ކަމުން ލީގުގައި ދެން ބާސެލޯނާ ކުޅޭ މެޗުގައި އަލްބާއަށް ނުކުޅެވޭނެއެވެ.
ނަމަވެސް ޗެމްޕިއަންސް ލީގުގައި، މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗަށް، އަލްބާ ފިޓުވާނެ ކަމަށް ބެލެވެއެވެ.
އަލްބާއަށް އަނިޔާވުމާ ގުޅިގެން، އޭނާގެ ބަދަލުގައި ސްޕެއިންގެ ސްކޮޑަށް މިހާރު ނަގާފައިވަނީ އާސެނަލްއަށް ކުޅެމުން އަންނަ، ނާޗޯ މޮންރެއާލްއެވެ.



