ވޯލްޑްކަޕް ކޮލިފައިން: އިންގްލެންޑް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ.

2018  ވަނަ އަހަރު ރަޝިއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ރޭ ކުޅުނު ކޮލިފިކޭޝަން ގެ ދެވަނަ މެޗުންވެސް އިންގްލޭންޑް އާއި ޖާމަނީ މޮޅުވެއްޖެއެވެ.

އިންގްލޭންޑް މޮޅުވީ މަލްޓާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ފަނގަޅުކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 29 ވަނަ މިނެޓްގައި އިންގްލެންޑުން ވަނީ ލަނޑެއްޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ސްޓަރިޖްއެވެ. ޑެނިއަލް ސްޓަރިޖް ލަނޑެއްޖަހާ މެޗުގެ ލީޑުނެގިތާ މާގިނައިރުތަކެއް ނުވަނީސް ޑެލެ އަލީ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް އިންގްލޭންޑުން ނިންމާލިއިރު ދެވަނަ ހާފްގައިވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ.

ރޭ މޯލްޓާ އަތުން ލިބުނު މި މޮޅާއެކީ އިންގްލޭންޑް މިވަގުތު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކީ، ގްރޫޕް އެފްގެ އެއްވަނައިގައެވެ. ހަތަރު ޕޮއިންޓާއެކީ ގްރޫޕްގެ ދެވަނައިގައި ސްކޮޓްލޭންޑް އޮތްއިރު ގްރޫޕްގެ ތިންވަނައިގައި އޮތް ސްލޮވީނިއާއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި، މި މަހުގެ 11 ވަނަ ދުވަހު އިންގްލޭންޑް ބައްދަލުކުރާނީ ސްލޮވީނިއާއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.