ހަތަރު ރަށެއްގެ ނަރުދަމާ ޑިޒަައިން ކުރުމަށް ފެނަކައަށް..

ހަތަރު ރަށެއްގެ ނަރުދަމާ ފަރުމާ ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.

އެގޮތުން ފ. ބިލެތްދޫ، ރ. އިންނަމާދޫ، ށ. ފީވައް އަދި ގދ. މަޑަވެލީގެ ނަރުދަމާ ނިޒާމުގެ މަަސައްކަތް ޑިޒައިން ކުރުމުގެ މަސައްކަތަކީ އެކަށީގެންވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފެވެ.

ކޮންޓްރެކްޓުގައި ސޮއިކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ފެނަކަ ކޯޕްރޭޝަން ލިމިޓެޑާއި ޙަވާލު ކުރީ 2,100,347.6( ދެ މިލިއަން އެއް ސަތޭކަ ހާސް ތިން ސަތޭކަ ސަތޭކަ ސާޅީސް ހަތް ރުފިޔާ ހަ ލާރި) އަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.