
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒަައިން ކުރުމަށް ފެނަކައަށް..
ހަތަރު ރަށެއްގެ ނަރުދަމާ ފަރުމާ ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.
އެގޮތުން ފ. ބިލެތްދޫ، ރ. އިންނަމާދޫ، ށ. ފީވައް އަދި ގދ. މަޑަވެލީގެ ނަރުދަމާ ނިޒާމުގެ މަަސައްކަތް ޑިޒައިން ކުރުމުގެ މަސައްކަތަކީ އެކަށީގެންވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފެވެ.
ކޮންޓްރެކްޓުގައި ސޮއިކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ފެނަކަ ކޯޕްރޭޝަން ލިމިޓެޑާއި ޙަވާލު ކުރީ 2,100,347.6( ދެ މިލިއަން އެއް ސަތޭކަ ހާސް ތިން ސަތޭކަ ސަތޭކަ ސާޅީސް ހަތް ރުފިޔާ ހަ ލާރި) އަށެވެ.



