ޚާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ޚިދުމަތްދޭ ސެންޓަރގެ އެއްއަހަރުގެ ކުލި އެސްޓީއޯ އިން ދައްކަނީ..

ޚާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ޚިދުމަތްދޭ ސެންޓަރގެ ކުލި އެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދޭގޮތަށް ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެސްޓީއޯއިން ހިންގާ ސީއެސްއާރު ޙަރަކާތްތަކުގެ ތެރެއިން ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއްބަސްވި މި ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުޞްލިޙް މަސީޙުއެވެ. އަދި ކެއަރ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ އެންޖީއޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝިޔާނާ ޝަމީމްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

Care Society sign 1 25.01.17

އެސްޓީއޯގެ ސީއެސްއާރު ޙަރަކާތްތަކުގެ ތެރެއިން މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު  ހެލްތް މިނިސްޓްރީ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޚާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒުގެ ދެ މުއައްޒަފެއްގެ މުސާރަ އެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އިންވަނީ 2014 އަދި 2015 ވަނަ އަހަރުވެސް އެސްޓީއޯ އިންވަނީ ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.