
ޚާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ޚިދުމަތްދޭ ސެންޓަރގެ އެއްއަހަރުގެ ކުލި އެސްޓީއޯ އިން ދައްކަނީ..
ޚާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ޚިދުމަތްދޭ ސެންޓަރގެ ކުލި އެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދޭގޮތަށް ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެސްޓީއޯއިން ހިންގާ ސީއެސްއާރު ޙަރަކާތްތަކުގެ ތެރެއިން ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއްބަސްވި މި ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުޞްލިޙް މަސީޙުއެވެ. އަދި ކެއަރ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ އެންޖީއޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝިޔާނާ ޝަމީމްއެވެ.

އެސްޓީއޯގެ ސީއެސްއާރު ޙަރަކާތްތަކުގެ ތެރެއިން މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ހެލްތް މިނިސްޓްރީ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޚާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒުގެ ދެ މުއައްޒަފެއްގެ މުސާރަ އެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ އިންވަނީ 2014 އަދި 2015 ވަނަ އަހަރުވެސް އެސްޓީއޯ އިންވަނީ ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.



