”ހޭވައްލާ – ސާފުކުރަމާ“ ގެ ނަމުގައި މީރާއިން މާލެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ބާއްވަނީ..

މީރާއިން އިސްނަގައިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ ބޭއްވުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.

”ހޭވައްލާ–ސާފުކުރަމާ“ ގެ ނަމުގައި ހިންގާ މި ހަރަކާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މިނިވަން މުއައްސަސާ ތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސްކޫލުތަކާއި ކޮލެޖުތަކުން ޖުމްލަ 1،000 އަށް ވުރެ ގިނަ މުވައްޒަފުންނާއި ކުދިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއ ޢާއންމު ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓުވުމުގައި ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދީ، އެންމެން ދިރިއުޅޭ ވެއްޓަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެންހުރި ކަންތައްތަކަށް ހޭލުންތެރިކުރުވުމުގެ މަޤުޞަދުގައި ބާއްވާ ހަރަކާތެކެވެ.

މީރާ އިން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ފުރަތަމަ ހަރަކާތަށް މިކަން ވާއިރު، މީރާއަކީ ދައުލަތުގެ މިނިވަން މުވައްސަސާތައް ގުޅިގެން އިޖުތިމާޢީ ޒިންމާ ގެ ހަރަކާތްތައް ހިންގުމަށްޓަކައި އުފައްދާފައިވާ ”އާރޯ“ ގެ މިއަހަރުގެ ”ޗެއަރ“ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.