
ފައިނަލުގެ ފަހުޖާގައަށް ޔޫތް ޔުނައިޓެޑާއި ޗެލެންޖަރސް މިއަދު ނުކުންނަނީ..
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރ އަލްއުސްތާޛު އިބްރާހިމް ރިޟާގެ އިސްނެންގެވުމަށް ކ. އަތޮޅު ގ. ގުރައިދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ހޯދުމަށް ޔޫތް ޔުނައިޓެޑާއި ޗެލެންޖަރސް މިއަދު ހަވީރު ނުކުންނާނެއެވެ.
ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗު މިއަދު ހަވީރު 15:50ގައި ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މި ދެޓީމު ބައްދަލުކުރާ އިރު، ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު 1-0ލަނޑުން ކާމިޔާބުކޮށްފައިވަނީ ޔޫތް ޔުނައިޓެޑެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ އެޗްޕީއެސްއެން އިން ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީގެ ފުރަތަމަ މެޗު 1-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާ ދިނުމަށް ނިންމާފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 6 ވާ ހުކުރު ދުވަހުއެވެ.



