ޔަމަނަށް ހަމަލާދޭން ތުރުކީގެ ސިފައިން ސައޫދީއަކަށް ނުފޮނުވާނެ – ތުރުކީގެ ޚާރިޖީ ވަޒީރު

ސަޢޫދީ ޢަރަބިއްޔާގައި ތިބެގެން ޔަމަނަށް ހަމަލާދިނުމުގައި ތުރުކީން ބައިވެރިނުވާނެ ކަމަށް އެޤައުމުން ހާމަކޮށްފި އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވީ، ”މައްކާ ދިފާއީ އެއްބަސްވުމަކީ“ ހަމައެކަނި ދިފާއީ މަޤްޞަދުގައި އެކުލަވައިލާފައިވާ އެއްބަސްވުމެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޫތީންގެ ހަމަލާތަކުން ސަޢޫދީ ދިފާއުކުރުމަށްޓަކައި އެޤައުމަށް ތުރުކީގެ ސިފައިންނާއި އަސްކަރީ ސާމާނު ފޮނުވުމާ މެދު އަންކާރާއިން ދަނީ މަޝްވަރާ ކުރަމުންނެވެ.

މި އެއްބަސްވުމުގެ ދަށުން ޔަމަނަށް ހަމަލާދިނުމަށް ތުރުކީން ސަޢޫދީއަށް ސިފައިން ނުފޮނުވާނެ ކަމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިދާން ވިދާޅުވި އެވެ.

”މިއީ އިސްވެ ހަމަލާދިނުމުގެ އެއްބަސްވުމެއް ނޫން. އެހެން ޤައުމަކަށް ހަމަލާދިނުމަށްޓަކައި ތުރުކީގެ ސިފައިން ބޭރު ޤައުމަކަށް ނުފޮނުވާނެ،“ އޭނާ ވިދާޅުވި އެވެ.

ފިދާން އިތުރަށް ވިދާޅުވީ ތުރުކީން ސައޫދީއަށް ފޮނުވާ އެހީތެރިކަމަކީ ހަމައެކަނި ދިފާއީ ކަންކަމަށް ޚާއްސަ އެހީތެރިކަމެއް ކަމަށެވެ.

ޔަމަނުން ދެމުންދާ ހޫތީންގެ ހަމަލާތަކާ ދެކޮޅަށް ރިޔާޟާއެކު ސާބިތުކަން ދެއްކުމުގެ ގޮތުން، ތުރުކީ، ސަޢޫދީ އަދި ޕާކިސްތާނުން ވަނީ ގުޅިގެން އަސްކަރީ ފައުޖުތަކާއި ސާމާނު ޤާއިމުކުރުމަށް މި ހަފުތާގައި އެއްބަސްވެފަ އެވެ.

ފިދާން ވިދާޅުވީ ސަޢޫދީގެ ދިފާއީ ބޭނުންތައް ދެނެގަނެ، ތުރުކީއާއި ޕާކިސްތާނަށް ފޯރުކޮށްދެވޭނެ އެހީތެރިކަން އަސްކަރީ ވަފުދުތަކުން ވަޒަންކުރާނެ ކަމަށެވެ. އަދި މައްކާ އެއްބަސްވުން ތުރުކީގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ވީ އެންމެ އަވަހަކަށް އެކަން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަފުތާތަކުގައި ސަޢޫދީގެ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް އެހީތެރިވުމަށް ތުރުކީން އިތުރު ސިފައިންނާއި، ޕައިލެޓުން އަދި މަތިންދާބޯޓުތައް ފޮނުވާނެ އެވެ.

ނަމަވެސް މިކަންކަން ކުރިއަށްދާނީ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ލިބުމުންނެވެ.

ސަޢޫދީގެ ހަކަތައާ ބެހޭ މުހިންމު މަރުކަޒުތައް ހިމާޔަތްކުރުމަށްޓަކައި، ވޭތުވެދިޔަ އަހަރުން ފެށިގެން ތުރުކީގެ ޓެކްނިކަލް ޓީމުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ސާމާނު އެޤައުމުގައި ބޭނުންކުރަމުންދާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، 2010 ވަނަ އަހަރު ސަޢޫދީއާއި ތުރުކީއާ ދެމެދު ވެފައިވާ އަސްކަރީ ތަމްރީނު އެއްބަސްވުމުގެ ދަށުން، ޓެކްނިކަލް ބޭނުންތަކަށް މަދު އަދަދެއްގެ ސިފައިން ފޮނުވުމުގެ އިޚްތިޔާރު އޮވެ އެވެ.

ނަމަވެސް އިތުރު ފައުޖުތައް ފޮނުވޭނީ ތުރުކީގެ ޤާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ހުއްދަ ލިބިގެންނެވެ.

އަދި ސަޢޫދީއަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެއް މަރުކަޒަށްވުރެ ގިނަ މަރުކަޒުތަކުގައި ތުރުކީގެ ފައުޖުތައް ބޭތިއްބުމަށް ރާވާފައިވާ ކަމަށްވެސް އޮފިޝަލުން ހާމަކުރެ އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، މަޖިލީހުގެ ހުއްދަ ލިބުމާއެކު، ހޫތީން ފޮނުވާ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތަކުން ދިފާއުވުމަށްޓަކައި ތަޖުރިބާކާރު ޕައިލެޓުންނާއި މަތިންދާބޯޓުތައް ތުރުކީން ސަޢޫދީއަށް ފޮނުވާނެ އެވެ.

”ބޮޑު ސިފައިންގެ ލަޝްކަރެއް ފޮނުވުމުގެ ވިސްނުމެއް ނެތް، އަދި ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ސީދާ ގޮތުން ވަނުމުގެ ޕްލޭނެއްވެސް ނެތް،“ ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ތުރުކީން ޤަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ސިޔާސީ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ފެނުމުގެ ފުރުސަތު އެބައޮތެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.