
އޯލް އެޓޭކާއި އެޗްޕީއެސްއެން ސެމީއަށް
ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕްގެ ސެމީފައިނަލަށް އޯލް އެޓޭކާއި އެޗްޕީއެސްއެން ދަތުރުކޮށްފިއެވެ.
އެ މުބާރާތުގައި މިއަދު ހަވީރު މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ 2-1 ލަނޑުން އޯލް އެޓޭކް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، މެޗުގައި ދެޓީމުންވެސް ލަނޑުޖަހާފައިވަނީ ފަހުހާފުގައެވެ.
އެގޮތުން އޯލް އެޓޭކަށް ލަނޑުތައް ޖަަހައިދިނީ ޖާރޒީ ނަމްބަރ 8 އަދި 3 އެވެ. އެޗްޕީއެސްއެންގެ ލަނޑު ޖަހައިދިނީ ޖާރޒީ ނަމްބަރ 11 އެވެ.
މާދަމާގެ މެޗުގައި ބައްދަލުކުރާނީ ނިއު އެލާރޓާއި ޔޫތް ޔުނައިޓެޑެވެ.



