އެތްލެޓިކޯ ބިލްބާއޯ އަތުން މޮޅުވެ ސްޕެނިޝް ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފި.

ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދައި ސްޕެނިޝް ލީގުގެ އެއްވަނަ މަގާމަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ރޭގެމެޗުން ރެއާލް މެޑްރިޑް މޮލުވީ އެތްލެޓިކޯ ބިލްބާއޯ އާ ވާދަކޮށް 1-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ. އިސްކޯ ދިން ޕާހަކުން މި ގޯލް މެޗުގެ 7 މިނެޓްގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ.

hi-res-1794599d4d4485a6ad20540866b23d54_original

ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ސަބިން މެރީނޯ ވަނީ އެތްލެޓިކޯ ބިލްބާއޯއަށް ލަނޑެއްޖަހާދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެކުރިން ރެއާލްއަށް ދެވަނަ ފަހަރަށް ލީޑުނަގައިދޭން، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ރޮނާލްޑޯއަށް ވަނީ މާރަނގަޅަށް އެބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލެވޭ ގޮތްނުވެފައެވެ.

ud-las-palmas-v-real-madrid-cf-la-liga-1-1-1024x682

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ރެއާލްއިން ދިޔައީ ގޯލެއް ކާމިޔާބުކުރުމަށް އިތުރަށް ކުޅުން ވަރުދަގަ ކޮށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 87 ވަނަ މިނެޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތގައި ފަހުހާފުގައި ކުޅެން ނިކުތް އަލްވާރޯ މޮރާޓާ ވަނީ ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓް  ކަށަވަރުކޮށްދީފައެވެ.

ރޭގެ މި މޮޅާއެކީ ރެއާލް ވަނީ ލީގުގެ އެއްވަނައަށް އަރާފައެވެ. އެޓީމު ލީގުގެ އެއްވަނާގައި އޮތީ 21 ޕޮއިންޓާއެކީގައެވެ. ލީގުގެ ދެވަނައިގައި 20 ޕޮއިންޓާއެކީ ސެވިއްޔާއެވެ.

football-soccer-sevilla-v-atletico-madrid-2

ސެވިއްޔާ ދެވަނައަށް އެރީ އެތްލެޓިކޯ އަތުން ރޭ ހޯދި މޮޅާއެކުގައެވެ. އެޓީމު ރޭ އެތްލެޓިކޯ އަތުން މޮޅުވެފައިވަނީ އަމިއްލަ ދަނޑުގައި 0-1 ގެ ނަތީޖާއިންނެވެ. 19 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި އޮތީ ބާސެލޯނާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.