އިނިއެސްޓާއަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރައް.

 

އަނިޔާގެ ސަބަބުން  ބާސެލޯނާގެ ތަޖުރިބާކާރު މިޑްފިލްޑަރު އަންދްރޭސް އިނިއެސްޓާ، ދެމަސްދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިނިއެސްޓާއަށް އަނިޔާވެފައިވަނީ، ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. މި މެޗުން ބާސެލޯނާ މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ.

އިނިއެސްޓާގެ އަނިޔާއާ ބެހޭގޮތުން އެކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިނިއެސްޓާއަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުވުމަށް، 6 ނޫނީ 8 ހަފްތާވަރު ނަގާނެ ކަމަށެވެ.

އަނިޔާވެ ކުޅުމާއި ދުރައްދާޖެހިފައިވާއިރު މިވަގުތުވެސް ބާސެލޯނާގެ މުހިންމު ދެކުޅުންތެރިއަކު ހުރީ އަނިޔާގައެވެ. އެއީ އެޓީމުގެ ދެ ޑިފެންޑަރުން ކަމުގައިވާ ޔޯޑީ އަލްބާއާއި ޖެރާޑް ޕީކޭއެވެ.

ބާސާގެ ޑިފެންސްލައިނުގައި މުނިމްމު ދައުރެއް އަދާކުރާ ދެކުޅުންތެރިންނަށް އަނިޔާވެ މުހިންމު ގިނަމެޗުތަކެއް އެ ދެކުޅުންތެރިންނަށް ގެއްލިގެންދާއިރު  އިނިއެސްޓާއަކީ ވެސް ގިނަ މެޗުތަކެއް ގެއްލިގެންދާނެއެވެ.

އިނިއެސްޓާއަކީ ބާސާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.

ރޭގެ މޮޅާއެކީ ބާސާ މިވަގުތު އޮތީ، 19 ޕޮއިންޓާއެކީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.