ދިވެހި ޕްރިމިއާ ލީގްގެ ޝީލްޑް މާޒިޔާއިން ފުރަތަމަ ފަހަރަށް އުފުލާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން ޝީލްޑް މާޒިޔާއިން ފުރަތަމަ ފަހަރަށް ރޭ އުފުލާލައިފިއެވެ.

ލީގްގެ އެންމެ ފަހު މެޗްގައި ރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ލީގްގެ ޝީލްޑް އުފުލާލިއިރު މި ޝީލްޑާ އެކީ އެޓީމަށް ވަނީ  މިހާރު ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުގެ ޝަރަފް ލިބިފައެވެ.
ރޭ ގައުމީ ސްޓޭޑިއަމްގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗް މާޒިޔާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެޗުގައި މާޒިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑު ލީޑުނެގީ މެޗުގެ 26 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

އޭގެ ދެ މިނެޓް ފަހުން އީގަލްސްގެ މެސަޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯފް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މާޒިޔާ އިން މި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހުހާފު ފެށިގެން ވަރަށް ކުރީކޮޅުގައެވެ. މެޗުގެ 50 ވަނަ މިނެޓުގައި މި ލަނޑު މާޒިއާއަށް ކާމިޔާބުކޮށްދިނީ އުމޭރުގެ އެހީތެރިކަމާއެކު އަސަދުﷲ އަބުދުﷲ (އަސައްކޮށް) އެވެ.

ރޭގެ މި ހަފްލާގައި ވަނީ މިފަހަރު ޕްރިމިއާލީގުގެ އެންމެ މޮޅުކުޅުމްތެރިއާ އާއި އެންމެ މޮޅު ކީޕަރު ހޮވާ އިއުލާން ކޮށްފައެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ކްލަބް އީގަލްސްގެ ސްރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އެވެ.

ދެ ކުޅުންތެރިންނަށް އިނާމް ދެއްވީ ރޭ އޮތް ލީގުގެ ނިމުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އެވެ.
ރޭގެ މި ހަފްލާއާ އެކު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ނިމިގެންދިޔައިރު ދެންމެ އަވަހަށް އޮތީ އެފްއޭކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ފެށޭނީ އަންނަ ނޮވެމަބަރ މަހުގެ ދެވަނަ ދުވަހުގައެވެ. މި މުބާރާތް މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.