މިޑްލްސްބަރާއިން އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި މިޑިލްސްބޮރޯ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ރޭގެ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް ނަތީޖާ ނެރެން ދެޓީމަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މެޗުގެ ކުރީކޮޅު މިޑިލްބޮރޯ އަށް ކައިރިކައިރީގައި ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެޓީމުން ފޮނުވާލި ގިނަ ހަމަލާތަށް ސަލާމަތް ކޮށްފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާސެނަލްގެ ކީޕަރު ޕީޓަރ ޗެކް އެވެ.

ހަމައެގޮތަށް އާސެނަލްއަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިބޭކާރުވެގެން ގޮސްފައެވެ.

ޕްރިމިއާ ލީގުގައި މި ސީޒަންގައި އާސެނަލް މިހާތަނަށް 9 މެޗު ކުޅެފައިވާއިރު އެޓީމު ވަނީ 6 މެޗުން މޮޅުވެފައެވެ. އެއް މެޗުން ބަލިވެފައިވާއިރު 2 މެޗުން ވަނީ އެއްވަރުވެފައެވެ. ބަލިވެފައިވަނީ އަދި އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ފުރަތަމަ މެޗުގައި އެމިރޭޓްސްގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެެޗެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މިޑިލްސްބޮރޯ އަތުން އެއްވަރުވި ނަމަވެސް އެޓީމުވަނީ މި މެޗުން ލިބުނު ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފަ އެވެ.

އެޓީމު އެއްވަނަމަގާމުގައި އޮތީ 20 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެހެން ނަމަވެސް ރޭ ލިވަޕޫލް އާއި ވެސްޓް ބްރޮމްވިޗް އަލްބިއަން ވާދަކުރި މެޗުން ލިވަޕޫލް 1-2 ގެ ނަތީޖާއިން މޮޅުވުމާ ގުޅިގެން އެޓީމަށް ވަނީ ތާވަލުގެ ދެވަނަ ލިބިފައެވެ. އާސެނަލްއާ އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލް ދެވަނާގައި އޮތީ ގޯލްގެ ތަފާތުންނެވެ.

ރޭގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޓޮޓެންހަމް އާއި އެފްސީ ބޯންމައުތް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ބާންލީ 1-2 ގެ ނަތީޖާއިން އެވަޓަންގެ މައްޗަށް ކުރިހޯދިއިރު ސްޓޯކް ސިޓީވެސް ވަނީ 0-2 ގެ ނަތީޖާއިން ހަލްސިޓީ ބަލިކޮށްފައެވެ.

ވެސްޓްހަމް ސަންޑަލެންޑްގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދިއިރު ވެޓްފޯޑް އަދި ސުވެންސިޓީ ބައްދަލުކުރި މެޗުވެސް ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދުވެސް ޕްރިމިއާ ލީގުގެ ދެމެޗެއް ކުޅެވޭނެއެވެ.

އެއީ ހަވީރު 5:30 ގައި މެންޗެސްޓާ ސިޓީ އާއި ސައުތެމްޕްޓަން ބައްދަލުކުރާ މެޗާއި މެންޗެސްތާ ޔުނައިޓެޑު އަދި ޗެލްސީ ބައްދަލުކުރާ މެޗެވެ. ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗު ފެށޭނީ މިރޭ 8 ޖަހާއިރުގައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.