އޮޒިލްގެ ހެޓްރިކުން އާސެނަލްއަށް ބޮޑު މޮޅެއް.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލުޑޮގްރެޓްސްގެ މައްޗަށް އާސެނަލްއިން، ފަސޭހަކަމާއެކީ ކުރި ހޯދައިފިއެވެ.

ރޭ ކުޅުނު މިމެޗުން އާސެނަލް ކުރިހޯދާފައިވަނީ ލުޑޮގްރެޓްސްއާ ބައްދަލުކޮށް 0-6 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އާސެނަލްގެ ފުރަތަމަ ގޯލް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދި މެޗު ެލީޑުނަގައިދިނީ  އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އާސެނަލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެންދަނިކޮށް ކާމިޔާބުކޮށްދީ ލީޑި އިތުރަށް ފުޅާކޮށްދިނީ  ތިއޯ ވޮލްކޮޓް ގެލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފު އާސެނަލް ލީޑުގައި އޮވެ ނިމުނުއިރު އާސެނަލްގެ ދެވަނަ ލަނޑު ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދީފައިވަނީ އެލެކްސް އޮކްސްލޭޑް ޗެމްބަލައިން އެވެ.

އާސެނަލްގެ ފަހު ތިން ގޯލް ކާމިޔާބުކޮށްދީ ފައިވަނީ  މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސުޓް އޮޒިލް އެވެ. އޭނާ ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އޮޒިލް އޭނާގެ ކެރިއަރުގައި މިހާތަނަށް ހެދި ފުރަތަމަ ހެޓްރިކްކަން ފާހަގަކޮށްލެވެއެވެ.

އާސެނަލް ރޭގެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވިއިރު އާސެނަލް ހިމެނޭ ގްރޫޕްގައި ޕީއެސްޖީން ވަނީ ބާސެލްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިން ގޯލް ކާމިޔާބުކޮށްދިނީ، އެޑިންސަން ކަވާނީ އާއި ލޫކަސް މޯރާގެ އިތުރުން، އެންހެލް ޑިމަރިޔާއެވެ.

މި މޮޅާއެކީ އާސެނަލް އޮތީ ހަތް ޕޮއިންޓާއެކީ ގްރޫޕް އޭގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް، ޕީއެސްޖީއަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އާސެނަލްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި އެއް ޕޮއިންޓާއެކީ ބާސެލް އޮތްއިރު، ގްރޫޕްގެ ފުލުގައި އޮތް ލުޑޮގްރެޓްސްއަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.